ހުޅުމާލެ 1ގެ ފްލެޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
13 ޖުލައި 2025
ހުޅުމާލެ 1ގެ ފްލެޓެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އަލިފާން ރޯވެފައި ވަނީ "ޗައިނާ ފްލެޓް" 94 ގެ ދެ ވަނަ ފްލޯގެ ތިން ވަނަ އެޕާޓްމެންޓުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ ބިދޭސީން ދިރިއުޅޭ އެތަނުގައި މީގެ ކުރިން ވެސް ދެ ފަހަރަށް ރޯވި ކަމަށެވެ. އެހެންވެ އެތަން އާންމުންނަށް ބޮޑު ނުރައްކަލަކަށް ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.
އެމްއެންޑީއެފުން ވެސް ބުނީ ރޯވި ތަނުގައި 11 ބިދޭސީއަކު ދިރިއުޅެމުންދާ ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައި ވާއިރު އެމްއެންޑީއެފުން ބުނީ ހާދިސާގައި މީހަކަށް ގެއްލުމެއް ނުވާ ކަމަށާއި އެކަމަކު ދުމުގެ އަސަރުކޮށް، އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ކުޑަދޮރުން އަލިފާންގަނޑު ބޭރަށް ވެސް ނުކުމެފައި ހުއްޓެވެ.
ހުޅުމާލެ 1 ގައި ހުންނަ ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތުގެ ބޭރަށް ދުމުގެ އަސަރުކޮށް ގެއްލުން ވެފައި. -- ފޮޓޯ: މިހާރު
އެމްއެންޑީއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ބަންކް ބެޑް ޖަހައި ގިނަ ބަޔަކަށް ނިދޭ ގޮތަށް ހަދާފައިވާ އެތަނުގައި ރޯވުމުގެ ގޮދަޑިތަކާއި އެތަނުގައި އެހެން ބައެއް ތަކެތި ވެސް ވަނީ އަނދައިފަ އެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ހުއްޓެވެ.
މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފަ އެވެ. އެ ތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު ތަން ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ހުޅުމާލެ ފަޅުތެރޭ އަޅާފައި އޮތް ދޯންޏެއް ރޯވެއްޖެ
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ރޯވެއްޖެ
ހުޅުމާލޭގައި ހުރި ގުދަން ކޮންޓެއިނަރެއްގައި ރޯވެއްޖެ
ހުޅުމާލެ ގެއެއްގެ ޓެރަހުގައި އަލިފާނުގެ ހާދިސާއެއް
ހިޔާ ފްލެޓެއްގެ ބެލްކަނީގައި ރޯވެއްޖެެ
ހުޅުމާލޭ ހުސް ބިމުގެ ބޮޑު ބައެއް އަނދައިފި
ހުޅުމާލޭގައި ރޯވި އަލިފާން އަދިވެސް ނިއްވައެއް ނުލެވޭ!
ހުޅުމާލޭގެ ހުސް ބިމެއްގައި ރޯވެ އަނދަނީ
ހުޅުމާލޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ސަފާރީއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި