Roadha Mihaaru
ހުޅުމާލޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ހުޅުމާލޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

28 އެޕްރީލް 2018

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި އޮތް ހުސް ބިމެއްގައި ހުރި އެެއްޗެހިތަކެއްގައި ރޯވި އަލިފާންގަނޑު ފަސް ގަޑިއެއްހާއިރު ފަހުން ނިއްވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި އޮތް ހުސް ބިމެއްގައި ހުރި އެެއްޗެހިތަކެއްގައި ރޯވި އަލިފާންގަނޑު ފަސް ގަޑިއެއްހާއިރު ފަހުން ނިއްވާލައިފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ރޯވީ ހުސް ބިމުގައި ހުރި ލަކުޑިތަކަކާއި ޖަމްބޯ ބޭގްތަކެއްގައި ކަމަށެވެ. އަލިފާނުގެ ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބުނީ އެމްއެންޑީއެފުން ބުނިގޮތުގައި މެންދުރު ތިނެއް ޖަހާކަން ހާއިރު އެވެ.

މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ޓީމުން ވެސް ހަރަކާތްތެރިވި އެވެ.