އިންޑިއާގައި ބަސް ޑްރައިވަރަކު 60 މީހުންނާ އެކު ދަތުރުކޮށްފައި ދަނިކޮށް ހާޓް އެޓޭކެއް ޖެހުމުން، އަމިއްލަ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ބަދަލުގައި ބަހުގައި ތިބި އެހެން މީހުން ސަލާމަތްކޮށްދީފި އެވެ.
23 މާޗް 2017
އިންޑިއާގައި ބަސް ޑްރައިވަރަކު 60 މީހުންނާ އެކު ދަތުރުކޮށްފައި ދަނިކޮށް ހާޓް އެޓޭކެއް ޖެހުމުން، އަމިއްލަ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ބަދަލުގައި ބަހުގައި ތިބި އެހެން މީހުން ސަލާމަތްކޮށްދީފި އެވެ.
އުމުރުން 55 އަހަރުގެ ޑްރައިވަރު ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ހާޓް އެޓޭކް ޖެހުމުން ބަސް ކޮންޓްރޯލްކުރީ ވަރަށް އުނދަގުލުންނެވެ. އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ލައްކަނަހައްލީ އަވަށާ ގާތުގައި މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ޑްރައިވަރު ބަސް ކޮންޓްރޯލްކުރުމަށް ފަހު ބަސް ކޮންޑަކްޓަރަށް އެންގީ ބަހުގައި ތިބި އެންމެން ބަހުން ނެރުމަށެވެ.
ފުލުހުން ބުނީ ނަގަރާޖޫ ނަމަކަށް ކިޔާ މި މީހާ ވަރަށް ހިތްވަރުގަަދަ ކަމަށާއި ބަސް ކޮންޓްރޯލް ނުކުރި ނަމަ އެންމެންގެ ފުރާނަ ގެއްލުން ކައިރި ކަމަށެވެ.
ބަހުގައި ތިބި އެންމެން ބަހުން ނެރުމަށް ފަހު ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޑްރައިވަރު ގެންދިޔަ އެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ތެރޭގައި މަރުވެފަ އެވެ.
17 އަހަރު ކުއްޖަކަށް ހާޓް އެޓޭކެއް!
ޖަޔަލަލިތާގެ ހާލު ވަރަށް ނާޒުކް: ހޮސްޕިޓަލް
ހިތުގެ 3،900 ސާޖަރީއަކަށް ފަންޑު ހޯދައި ރެކޯޑެއް
ކެރެލާގައި، ސިކުނޑި ހަލާކުކޮށްލާ އެމީބާއެއްގެ ނުރައްކާ
އިންޑިއާގައި ވިއްކާ ހެދިކާގައި ސިއްހީ އިންޒާރު ޖަހަނީ
ހާޓް އެޓޭކްގައި މަރުވާ އަދަދު 90 ޕަސެންޓް ދަށަށް
ޒުވާނުންގެ ހާޓްއެޓޭކް އިތުރުވާތީ ޑޮކްޓަރުގެ ކަންބޮޑުވުން
ބޭހުގެ ދަތިކަން ހައްލުކުރަން އިންޑިއާއެކު އެއްބަސްވެއްޖެ
ހީނާ ހީކުރީ ގޭހުގެ އުނދަގުލެކޭ، ޖެހުނީ ހާޓް އެޓޭކެއް
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި