ބޮޑު ކާމިޔާބީއެއް ލިބިފައިވާ އަދި މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ލޯބީގެ ފިލްމު "ސައްޔާރާ" ބަލައިގެން ރޯން އެ ފިލްމުގެ އުފެއްދުންތެރިން ޖެން-ޒީ ކުދިންނަށް ފައިސާ ބެހި ކަމަށް ތުހުމަތުކޮށްފި އެވެ.
ބޮޑު ކާމިޔާބީއެއް ލިބިފައިވާ އަދި މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ލޯބީގެ ފިލްމު "ސައްޔާރާ" ބަލައިގެން ރޯން އެ ފިލްމުގެ އުފެއްދުންތެރިން ޖެން-ޒީ ކުދިންނަށް ފައިސާ ބެހި ކަމަށް ތުހުމަތުކޮށްފި އެވެ.
އެކި މައުލޫތަކަށް ވާހަކަދައްކާ އިންޑިއާގެ ޕޮޑްކާސްޓެއް ކަމަށްވާ "ދަ އެއިސިމެޓްރިކް ކްރޫ"ގެ އެންމެ ފަހު އެޕިސޯޑުގައި މީހަކު "ސައްޔާރާ"އަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުކުރި ގޮތުގައި، އެ ފިލްމު ބަލައިގެން ރޯން އެ ފިލްމުގެ ޕްރޮޑިއުސަރު ވަނީ ޖެން-ޒީ ކުދިންނަށް 500 ރުޕީސް ބަހައިފަ އެވެ. އެ ފިލްމު ޕްރޮމޯޓްކުރަނީ ސިނަމާގައި އެ ކުދިން ރޯ މަންޒަރާއި ހަޅޭލަވާ މަންޒަރު ދައްކައިގެން ކަމަށް އޭނާ ތުހުމަތުކުރި އެވެ.
ޔަޝް ރާޖް ފިލްމްސް (ވައިއާރުއެފް) އިން ޕްރޮޑިއުސްކުރި "ސައްޔާރާ" ޕްރިމިއާކުރުމާ އެކު، އެ ފިލްމު ބަލައިގެން ސިނަމާ ތެރޭގައި މީހުން ރޮއެ، ހަޅޭލަވާ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވި އެވެ.
އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ދެ ހަފުތާގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި ވަނީ 400 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އެ ފިލްމު އުފެއްދީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުންނެވެ.
މި މަހު 18 ގައި ޕްރިމިއާކުރި "ސައްޔާރާ"އަކީ ބޮލީވުޑްގެ ތަރި އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭގެ ފުރަތަމަ ފިލްމެވެ. އެ ފިލްމުގައި އަހާން ދެއްކި އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އޭނާއާ އެކު ލީޑު އެކްޓްރެސްގެ ރޯލު ކުޅެނީ އަނީތު ޕައްޑާ އެވެ. ކުރިން ވެބް ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އަނީތުގެ ވެސް މިއީ ފުރަތަމަ ފިލްމެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީ ޑައިރެކްޓުކޮށްފައިވާ "ސައްޔާރާ"އަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ.
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް
ހަރްޝްގެ އާ ފިލްމަށް ވެސް ތަރުހީބު ރަނގަޅު
ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ރަނގަޅު ފެށުމެއް
"ސައްޔާރާ"އަށް ރެކޯޑް އާމްދަނީއެއް ލިބިއްޖެ
"ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ވާދަވެރި
"ސައްޔާރާ"އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް!
އަހާން ޕާންޑޭގެ ފުރަތަމަ ފިލްމަށް ރަނގަޅު ފެށުމެއް
ބޮލީވުޑް އޮތީ އިގުތިސާދީ އަނދަވަޅެއްގައި: ކަލްކީ
ބޫލް ބުލައްޔާ 3 އާއި ސިންގަމް އަށް ރަނގަޅު ފެށުމެއް