"ސަނަމް ތޭރީ ކަސަމް" އިން ގިނަ ބައެއްގެ ލޯބި ހޯދި ބޮލީވުޑްގެ އެކްޓަރު ހަރްޝްވަރްދަން ރާނޭގެ އާ ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"އަށް ވެސް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބިއްޖެ އެވެ.
"ސަނަމް ތޭރީ ކަސަމް" އިން ގިނަ ބައެއްގެ ލޯބި ހޯދި ބޮލީވުޑްގެ އެކްޓަރު ހަރްޝްވަރްދަން ރާނޭގެ އާ ފިލްމު "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"އަށް ވެސް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބިއްޖެ އެވެ.
މިދިޔަ އަންގާރަ ދުވަހު ރިލީޒްކުރި "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"އަށް ފުރަތަމަ ދުވަހު ރަނގަޅު ފެށުމެއް ނުލިބުނު ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި ވަނީ ރަނގަޅު އާމްދަނީއެއް ލިބިފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، 25 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަށް ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި ވަނީ 43.07 ކްރޯޑް ރުޕީސް ލިބި ފައިދާ ޖެހެން ފަށައިފަ އެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުގައި، އެ ފިލްމަށް ދެތިން ހަފުތާގެ ތެރޭގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ އެވެ.
ހަރްޝްއާ އެކު އެ ފިލްމުގައި ލީޑް ރޯލު ކުޅެނީ ޕަންޖާބުގެ އެކްޓްރެސް ސޯނަމް ބަޖްވާ އެވެ.
ހަމަ "ސަނަމް ތޭރީ ކަސަމް" ކަހަލަ އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ "އޭކް ދީވާނޭ ކީ ދީވާނިއްޔަތު"ގައި ދައްކަނީ ވިކްރަމްއަދިތުޔަ (ހަރްޝް) ކިޔާ ސިޔާސީ މީހަކު، ފިލްމީ ތަރިއެއް ކަމަށްވާ އަދާ (ސޯނަމް) ދެކެ ލޯބިވެވުމުން ހިނގާ ކަންތައްތަކެވެ.
"އޭކް ދީވާނޭ ކީ ދީވާނިއްޔަތު"ގެ ޑައިރެކްޓަރަކީ ޖޯން އަބްރަހަމްގެ "ސަތުޔަމެވަ ޖަޔަތީ" އާއި ސިދާތު މަލްހޯތުރާގެ "މަރްޖާވާން" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ މިލާޕް ޒަވޭރީ އެވެ.
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް
ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ރަނގަޅު ފެށުމެއް
"ސައްޔާރާ"އަށް ރެކޯޑް އާމްދަނީއެއް ލިބިއްޖެ
"ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ވާދަވެރި
ސައްޔާރާ ބަލައިގެން ރޯން ފައިސާ ބެހި ކަމަށް ތުހުމަތު
"ސައްޔާރާ"އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް!
އަހާން ޕާންޑޭގެ ފުރަތަމަ ފިލްމަށް ރަނގަޅު ފެށުމެއް
ބޮލީވުޑް އޮތީ އިގުތިސާދީ އަނދަވަޅެއްގައި: ކަލްކީ
ބޫލް ބުލައްޔާ 3 އާއި ސިންގަމް އަށް ރަނގަޅު ފެށުމެއް