ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" އަންނަ މަހު 29 ގައި ޕްރިމިއާކުރަން ނިންމައިފި އެވެ.
ބޮލީވުޑްގެ ތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި ސިދާތު މަލްހޯތުރާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ޕަރަމް ސުންދަރީ" އަންނަ މަހު 29 ގައި ޕްރިމިއާކުރަން ނިންމައިފި އެވެ.
މެޑޮކްސް ފިލްމްސް އިން ގެނެސްދޭ "ޕަރަމް ސުންދަރީ" ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހު 25 ގަ އެވެ. ނަމަވެސް، މި މަހު 18 ގައި ރިލީޒްކުރި "ސައްޔާރާ"އަށް ލިބުނު ތަރުހީބު ބޮޑުވުމުންނާއި މި މަހު 25 ގައި އަޖޭ ދޭވްގަންގެ އާ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް ރިލީޒްކުރުމުން މެޑޮކްސް އިން ނިންމީ ފިލްމު ފަސްކުރުމަށެވެ.
އެހެންވެ، އަންނަ މަހު 29 ގައި "ޕަރަމް ސުންދަރީ" ޕްރިމިއާކުރަން ނިންމައި މެޑޮކްސް އިން މިހާރު ވަނީ އެކަން އިއުލާންކޮށްފަ އެވެ.
އަންނަ މަހަށް އެ ފިލްމު ފަސްކުރި އިރު، އަންނަ މަހު ފަހުކޮޅު ވަރަށް ބޮޑު ދެ ފިލްމު އަޅުވަ އެވެ. އެއީ އޮގަސްޓް 14 ގައި ރިލީޒްކުރާ ރިތިކް ރޯޝަން އާއި އެންޓީއާރު ޖޫނިއާ އަދި ކިއާރާ އަދުވާނީ އުޅޭ "ވޯ 2" އާއި ހަމަ އެ ދުވަހު ރިލީޒްކުރާ ރަޖުނީކާންތުގެ "ކޫލީ" އެވެ.
"ޕަރަމް ސުންދަރީ"އަކީ އުތުރު އިންޑިއާގެ ފިރިހެނަކާއި ދެކުނު އިންޑިއާގެ އަންހެން ކުއްޖަކު ލޯބިވެވުމުން ހިނގާ ތަފާތު ކަންތައްތަކެއް ދައްކާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.
"ޕަރަމް ސުންދަރީ" ޑައިރެކްޓަރަކީ އަބީޝެކް ބައްޗަންގެ "ދަސްވީ" ގެނެސްދިން ތުޝާރު ޖަލޯތާ އެވެ.
ޖާންވީ އާއި ސިދާތުގެ "ޕަރަމް ސުންދަރީ" ފަސްކޮށްފި
ލަކްޝިޔަ އާއި ޖާންވީ އެކުގައި ފިލްމެއް ކުޅެނީ
އެންޓީއާރާއި ޖާންވީގެ "ދޭވަރާ"ގެ ޓްރެއިލާ ނެރެފި
ޖާންވީގެ ސިޔާސީ ފިލްމު އަންނަ ޖުލައި މަހު
ޖާންވީ އަށް ބޮޑު ބަޖެޓުގެ އިތުރު ތިން ފިލްމު ލިބިއްޖެ
ޖާންވީ އާއި އެންޓީއާރުގެ ފިލްމުގެ ދެ ބައި ގެނެސްދެނީ
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
އެކްޝޭގެ ކޮއްކޮގެ ދަރިފުޅު ވެސް ބޮލީވުޑަށް
ރަންވީރުގެ "ދުރަންދަރު" ރިލީޒްކުރުމުގެ ހުއްދަ ދީފި
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް