ދެކުނު އިންޑިއާ ސިނަމާގެ މަޝްހޫރު އެކްޓަރު އެންޓީއާރު ޖޫނިއާއާ އެކު، ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރާއި ސައިފް އަލީ ހާން ކުޅޭ ފުރަތަމަ ތެލުގޫ ފިލްމު "ދޭވަރާ" ޓްރެއިލާ ނެރެފި އެވެ.
ދެކުނު އިންޑިއާ ސިނަމާގެ މަޝްހޫރު އެކްޓަރު އެންޓީއާރު ޖޫނިއާއާ އެކު، ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރާއި ސައިފް އަލީ ހާން ކުޅޭ ފުރަތަމަ ތެލުގޫ ފިލްމު "ދޭވަރާ" ޓްރެއިލާ ނެރެފި އެވެ.
މި މަހު 27 ގައި ޕްރިމިއާކުރާ މި ފިލްމުގެ ޓްރެއިލާ ވަނީ ހަތަރު ބަހަކުން ނެރެފަ އެވެ. އެއީ ތެލުގޫ، ހިންދީ، މަލަޔާލަމް އަދި ތަމަޅަ ބަހުންނެވެ. މި ފިލްމުގައި އެކްޝަންގެ ވަރުގަދަ މަންޒަރުތަކެއް ފެންނާނެކަން ޓްރެއިލާ އިން އެނގެ އެވެ.
މި ފިލްމުގައި ވިލަންގެ ރޯލު ކުޅޭ ސައިފްގެ ގިނަ މަންޒަރުތަކެއް ވެސް، ދެ މިނެޓާއި 40 ސިކުންތުގެ މި ޓްރެއިލާގައި ވަނީ ހިމަނައިފަ އެވެ.
"ދޭވަރާ"ގެ ޑައިރެކްޓަރު ކޮރަތަލާ ސިވާ ވަނީ މި ފިލްމު ގެނެސްދެނީ ދެ ބަޔަކަށް ބަހާލައިގެން މީގެ ކުރިން އިއުލާންކޮށްފަ އެވެ. ފިލްމުތައް ދެ ބަޔަކަށް ބަހާލައިގެން ގެނެސްދިނުމަކީ ދެކުނު އިންޑިއާގެ ސިނަމާގައި މިހާރު ވަރަށް އާންމުކަމެކެވެ.
ވީއެފްއެކްސްއަށް ވެސް ބޮޑު ހަރަދެއް ކުރާ މި ފިލްމަކީ އާންމުކޮށް އިންޑިއާގައި ހަދާ ފިލްމުތަކާ ބަލައިފައި ބަޖެޓް ވެސް ވަރަށް ބޮޑު ފިލްމެކެވެ. މި ފިލްމުގެ ބަޖެޓަކީ 300 ކްރޯޑް ރުޕީސް (36 މިލިއަން ޑޮލަރު) އެވެ. އެހެންވެ، މިއީ މި އަހަރު ގެނެސްދޭ އެންމެ އަގުބޮޑު އެއް ފިލްމެވެ.
އެންޓީއާރު އާއި ސައިފް އަދި ޖާންވީގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ޕްރަކާޝް ރާޖް، ޖިޝޫ ސެންގުޕްތާ، ސްރީކާންތު، ޓޮމް ޗަކޯ، ނަރީން އަދި މުރާލީ ޝަރްމާ އެވެ.
ޖާންވީ އާއި އެންޓީއާރުގެ ފިލްމުގެ ދެ ބައި ގެނެސްދެނީ
ބޮލީވުޑަކީ "ޓޮކްސިކް" ތަނެއް: އަނޫރާގު ކަޝްޔަޕް
އަނުޕާމްގެ 544 ވަނަ ފިލްމު ޕްރަބާސްއާ އެކު
"ޕުޝްޕާ 2" ނެޓްފްލިކްސަށް އަންނަނީ
"ޕުޝްޕާ"ގެ ޑައިރެކްޓަރުގެ ގެއަށް ޓެކްސް އޮފިސަރުން
ރަޖްނީކާތު އެނބުރި އަތުވެއްޖެ
ރާމް ޗަރަންގެ ފިލްމަށް ދިޔަ ދެ މީހަކު މަރުވެއްޖެ
އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް
ޕުޝްޕާ ހަމީދާ ބައްދަލުކުރީ ސިޔާމް އޮޅުވެލީގައި
"ޕުޝްޕާ 2"ގެ މަންޒަރެއް ރާއްޖޭގައި؟