ޗާންދަނީ މަގުގައި، އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އިދިކޮޅު އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި އެވެ.
ޗާންދަނީ މަގުގައި، އިސްކަންދަރު ސްކޫލް ކައިރީގައި ހުންނަ އިދިކޮޅު އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލަ ރިޕޯޓުކޮށްފައިވާ ރޭ ދަންވަރު 1:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، މ. ސްޓާ، މުހައްމަދު ރަޒީން، 49، ކަމަށެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދަނގަނޑު ދޮރު ވަނީ ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ.
ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެވެ.
އެންމެ ފަހުން ހައްޔަރުކުރީ މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައެއްގަ އެވެ.
އަދި އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ފަސް ދުވަސް ޖެހި އެވެ.
އޭނާ އަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށް އަދި ޖަލުގައި ހުކުމް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ.
ހައިތަމްގެ ކެމްޕެއިން ޖަގަހަ އަށް ގެއްލުން ދީފި
މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާއެއް ނުކުރި
ހުސައިންގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
އެމްޑީޕީ މުޒާހަރާއާ ގުޅިގެން ބައެއް މީހުން ފުލުހަށް
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
ހަފުތާއެއް ފަހުން ޒާޔާގެ ފޯނު ދޫކޮށްލައިފި
އިންޒާރުދިން ކަމަށް ބުނެ ޝިމަންގެ ފޯނު ހިފަހައްޓައިފި
ޝުއައިބުގެ މައްސަލަ: ފުލުހުން ހިމޭނުން!
ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރި މީހުން ކާން ފަށައިފި
ފޭސްބުކްގައި އިންޒާރުދިން މީހެއްގެ ފޯނު ހިފަހައްޓައިފި