މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑި ޖަހަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން ޝުއައިބް އަލީ އަށް ފިޔަވަޅު ނާޅައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓި މައްސަލާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
08 އޮކްޓޯބަރ 2025
މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑި ޖަހަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން ޝުއައިބް އަލީ އަށް ފިޔަވަޅު ނާޅައި، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓި މައްސަލާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޒާޔާގެ ފޯނު ރޭ ހިފެހެއްޓީ ފުލުހުން ޓެގްކޮށް، އެ އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
އޭނާ އިޝާރާތް ކުރީ އަންނަ މަހުގެ 17 ގައި އެމްޑީޕީން ބާއްވަން އިއުލާނު ކޮށްފައިވާ ބޮޑު އެއްވުމަކަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޒާޔާގެ ފޯނު ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:08 ހާއިރު އޭނާގެ ފޭސްބުކްގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.
އެ މުޒާހަރާ އަށް އިޝާރާތްކޮށް ފޭސްބުކް ޕޭޖެއް ހިންގާ ޝުއައިބު ލިޔެފައި ވަނީ "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ." ކަމަށެވެ.
އެ މައްސަލާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އެންމެން ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަވާން ޖެހޭނެ ކަމަށް ބުނެ އެވެ. އަދި ޝުއައިބުގެ ޕޯސްޓުގެ ސްކްރީންޝޮޓެއް އާންމުކޮށް ފުލުހުން ޓެގްކޮށް، އޭނާ އެހެން ބުނެފައިވާކަން ފުލުހުންނާ ހިއްސާކުރީ ކަމަށް ބުނެފައިވެ އެވެ.
ބައެއް މީހުން ވަނީ ޝުއައިބް އެގޮތަށް ބުނުމަކީ ޓެރަރިޒަމްގެ އަމަލެއް ނޫންތޯ އާއި އޭނާއަށް ފިޔަވަޅު އަޅަނީ ކޮންއިރަކުތޯ ސުވާލުކޮށް ވަނީ ފާޑުކިޔައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒު ވެފައިވާތީ މީޑިއާ އިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބުނެވެ. އެހެންވެ، ޝުއައިބަށް ގާނޫނީ ފިޔަވަޅު ނޭޅި ސަބަބެއް މިހާތަނަކަށް ނޭނގެ އެވެ.
ޖާބިރު: 20 މެމްބަރަކަށް މަރުގެ އިންޒާރު އެބަ ލިބޭ
އެމްޑީޕީގެ އެކްޓިވިސްޓަކަށް މަރުގެ އިންޒާރު ދީފި
މަރުގެ އިންޒާރުދޭތީ ހައްޔަރުކުރި މީހާގެ ބަންދު ޖަހައިފި
ޕީއެސްއެމުން "ޓެރަރިޒަމް"ގެ މައްސަލައަކާ އެކު ފުލުހަށް
ޓެރަރިޒަމަށް ވަނީ ވަކި ބަޔަކު ދައްކާ ވާހަކަތަ!
އެންމެ ފަހުން ޝުއައިބާ ފުލުހުން ސުވާލު ކުރަނީ
އިންޒާރުދިން ކަމަށް ބުނެ ޝިމަންގެ ފޯނު ހިފަހައްޓައިފި
ފުލުހުންނާ މެދު ނަފްރަތު އުފައްދާ މީހުންނަށް ފިޔަވަޅު
ތޫނު އަޑު ފޮނުވާ ހަތިޔާރު ބޭނުންކުރި މައްސަލަ ބަލަނީ
އެލްއާރުއޭޑީ ކުރިން ވެސް ބޭނުންކުރި: އިހުސާން