ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އަލަށް ހުޅުވި އައިނު ފިހާރައަށް ޑިމާންޑް ބޮޑުވެ، ކިޔޫގައި 1267 މީހުން ތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
05 އޯގަސްޓް 2025
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އަލަށް ހުޅުވި އައިނު ފިހާރައަށް ޑިމާންޑް ބޮޑުވެ، ކިޔޫގައި 1267 މީހުން ތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗުގައި މިދިޔަ މަހުގެ 26 ގައި ހުޅުވި އައިނު ފިހާރައިން، އަމިއްލަ އަށް އެއްވެސް ހަރަދެއް ނުކޮށް ހިލޭ އައިނު ހެއްދޭނެ އެވެ. ހުޅުވިތާ ހަފުތާއެއްހާ ދުވަސްވީ އެތަނުން ހިދުމަތް ހޯދަން މިހާތަނަށް ގިނަ ބަޔަކު ވަނީ އެދިފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ތަނުން ދުވާލަކު 40 އެއްހާ މީހުން ޗެކަޕް ހަދާ ކަމަށެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް ލޮލުގެ ނަމްބަރު ނެގުމަށް 1267 މީހުން ނަން ނޯޓު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުގެ އައިނު ފިހާރައިގައި ބަޔަކު މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ކޮންމެ ދުވަހަކު 20-30އާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރާއިރު މިހާތަނަށް ދޫކޮށްފައި ވަނީ 131 އައިނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލްގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނަސް، އައިނާ ގުޅޭ އެއްވެސް ހިދުމަތެއް ކުރިން ނުދޭތީ އެ ވިޔަފާރީގައި އިސްކޮށް އުޅެނީ އަމިއްލަ ފަރާތްތަކެވެ. އެކަމަކު، އެ ތަންތަނުން ވިއްކާ އައިނުގެ އަގުބޮޑުވުމުން، އާސަންދަ އިން އައިނު ހައްދަން ދޭ ފައިސާއެކު ވެސް އަމިއްލަ ޖީބުން ކޮންމެ ފަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.
އައިޖީއެމްއެޗުގައި އައިނު ފިހާރައެއް ހުޅުވަން ސަރުކާރުން ނިންމީ، އާއްމުން ބޮޑު އަގުގައި އައިނު ހައްދަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށެވެ. އެތަނުން ހިދުމަތް ހޯދަން، އައިނު ފިހާރައިގެ ނަމްބަރު 3335150 އަށް ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ.
މަޝްހޫރު ގަމްބަރީނީ އައިޖީއެމްއެޗްގެ ވޯކްޝޮޕެއްގައި
ބަރު މީހުންނަށް ބޭރިއަޓްރިކް ސާޖަރީކުރަން ފަށައިފި
އައިޖީއެމްއެޗުން އަމިއްލައަށް ކާޑިއެކް ސެންޓަރު ހިންގަނީ
އާ ސެންޓަރުން އަންނަ ހޮނިހިރު ދުވަހު ހިދުމަތް ފަށަނީ
އައިނު ފިހާރައަށް އަހަރަކު ހަރަދުވަނީ ތިން މިލިޔަން
ކެމެރާ ލައްވައިގެން މައިދަބައިގެ ކާމިޔާބު އޮޕަރޭޝަނެއް
ގާސިމްގެ ހާލުކޮޅު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި
ހުޅުމާލެ ޖީޕީ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި
އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް ކުރިއެރުންތައް ބޭނުންވޭ
ސަރުކާރުގެ އައިނު ފިހާރައިން 100 އެއްހާ އައިނު