އައިޖީއެމްއެޗްގައި ހިންގާ ކާޑިއެކް ސެންޓަރު، އެ ހޮސްޕިޓަލުން އަމިއްލައަށް ހިންގަން ފަށައިފި އެވެ.
01 ޑިސެމްބަރ 2025
އައިޖީއެމްއެޗްގައި ހިންގާ ކާޑިއެކް ސެންޓަރު، އެ ހޮސްޕިޓަލުން އަމިއްލައަށް ހިންގަން ފަށައިފި އެވެ.
ހިތުގެ ބަލިތަކަށް ފަރުވާދޭ ކާޑިއެކް ސެންޓަރު ހިންގަމުން އައީ އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކޮށްގެންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 15، 2015 ގައި 10 އަހަރުގެ މުއްދަތަށް ހަވާލުކުރި ސެންޓަރުގެ މުއްދަތު މިދިޔަ މަހުގެ 15 ގައި ވަނީ ހަމަވެފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ސެންޓަރު މިހާރު ހިންގަމުން އަންނަނީ ސީދާ އެ ގްރޫޕުގެ ދަށުން ކަމަށެވެ. ނަމަވެސް، ރިސްކު ބޮޑު ޕްރޮސީޖާތައް ހެދުމަށް އިންޑިއާގެ އެހީ ހޯދުމުގެ ވިސްނުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހޮސްޕިޓަލާ އެކު އައިޖީއެމްއެޗުން ހެދި އެއްބަސްވުމުގައި ކްލިނިކަލް ހިދުމަތްތައް ދީ އަދި ކްލިނިކަލް ކަންކަން ބެލެހެއްޓުމާއި އެ ސެންޓަރުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ދިނުން ހިމެނެ އެވެ.
ކާޑިއެކް ސެންޓަރު ފަށައި އިންޑިއާއާ އެކު އެގްރިމެންޓުގައި ސޮއިކުރި އިރު، އައިޖީއެމްއެޗްގައި ހުރީ ހިތުގެ ބަލިތަކުގެ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަލީ ޝަފީގު އެކަންޏެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި އިތުރު ތިން ޑޮކްޓަރުން ސްޕެޝަލައިޒްވެ، މިހާރު ހަތަރު ކާޑިއޮލޮޖިސްޓުން އަންނަނީ އެ ސެންޓަރުގައި މަސައްކަތްކުރަމުންނެވެ.
ހަލީމް މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ.
"މިހާރު ހަމަ އާއްމު ޕްރޮސީޖާތައް މި ކޮޅުގެ ޑޮކްޓަރުން ހަދަމުން ދާނީ. ކޮމްޕްލެކްސް ކަންކަމަށް ބޭރުގެ އެހީ ހޯދުމުގެ ވިސްނުން ހުރީ. އެކަމަކު، އެއީ ޖުމްލަކޮށް ވަރަށް މަދު ޕްރޮސީޖާތަކެއް،" އޭނާ ވިދާޅުވި އެވެ.
އެ ސެންޓަރު ހިންގަން ސޮއިކުރި ދުވަހުން ފެށިގެން ޖުލައި، 2023ގެ ނިޔަލަށް މެޑިޓްރީނާއަށް 28.7 މިލިއަން ޑޮލަރު (442 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އެކަމަކު، އެ އަދަދު މިހާރު އިތުރުވާނެ އެވެ.
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
ބަރު މީހުންނަށް ބޭރިއަޓްރިކް ސާޖަރީކުރަން ފަށައިފި
ހުޅުމާލެ ޖީޕީ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
އައިޖީއެމްއެޗްގައި މި އަހަރު އައިވީއެފް ހަދަން ފަށަނީ
އައިޖީއެމްއެޗްގައި އަހަރަކު 2 މިލިއަން ލެބް ޓެސްޓް
އައިޖީއެމްއެޗް ކިއު ކުޑަކުރަން ޖީޕީ ކްލިނިކްތައް ހަދަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި