އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
10 އޯގަސްޓް 2025
އަމިއްލަ ކުންފުންޏަކުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސަޕްލައިކުރި މުދަލަށްވާ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން ޝަރީއަތަށް ހުށަހެޅުމުން އެ ކުންފުންޏަށް 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސޯލްޓްސް އެންޑް ސޭންޑްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ސިވިލް ކޯޓުގައި ވެމްކޯއާ ދެކޮޅަށް ދައުވާކުރީ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ އެ ކުންފުނިން ވެމްކޯއަށް ސަޕްލައިކުރި މުދަލަށް ދައްކަން ޖެހޭ ފައިސާ އެވެ.
މި ދައުވާކުރުމާ އެކު ވެމްކޯއިން ވަނީ އެއީ ސޯލްޓްސް އެންޑް ސޭންޑްސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް އެއްބަސްވެފަ އެވެ. އަދި އޭގެ ތެރެއިން 115،428ރ. ކުރިން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ބުނެ ވެމްކޯއިން ކޯޓަށް ލިޔެކިޔުން ހުށަހެޅި އެވެ.
އެހެންވެ، ކޯޓުން ކަނޑައެޅީ އެ އަދަދު އުނިކުރުމަށް ފަހު، މުދަލަށްވާ ފައިސާގެ ބާކީ 1.16 މިލިއަން ރުފިޔާ 15 ދުވަސް ތެރޭގައި ވެމްކޯއިން ދައްކާ ހަލާސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ދައްކަން ޖެހޭ ފައިސާއެއްކަން ވެމްކޯއިން ގަބޫލުކުރާ ހާލަތުގައި އެ ފައިސާ ނުދައްކާ ތިބުމުގެ ސަބަބުން އަމިއްލަ ކުންފުނިން ކޯޓަށް ދާން ޖެހުމަށް ދިޔަ ހަރަދު ވެސް ވެމްކޯއިން ދައްކަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އެއީ 50،000ރ. އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު އެކި ކުންފުނިތަކުގެ މައްޗަށް މިފަދަ ހުކުމްތައް އިއްވާފައިވެ އެވެ.
އަޝްފާގުގެ ދަރަނި ހަ މަސް ތެރޭ ދައްކަން ހުކުމެއް
އަނބިކަނބަލުންގެ ހުކުމާ އެކު ފައިސަލްއަށް ފައިސާތަކެއް
ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީއަށް
އިސްތިއުނާފް ބެންޗްގައި އަމުރު ނެރުއްވި ފަނޑިޔާރު
ސަންފްރޮންޓު މައްސަލަ 4 މަސް ކުރިން އިސްތިއުނާފުުކޮށްފި
ސަން ފްރަންޓަށް ބަދަލުގެ ގޮތުގައި ދިނީ ދެގުނަ ބޮޑުކޮށް
އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ކޯޓް
3 މިލިއަން ޑޮލަރު ދެއްކުމުގައި އެފްއޭއެމަށް ލުޔެއް
އޮންދިގޯއިން މީރާއަށް 8.5 މިލިއަން ދައްކަން ހުކުމެއް
ކޯޓުގެ ހުކުމާ ގުޅިގެން އެމްއެލްއެސްޑީޕީ އިއާދަކޮށްފި