ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭ ދެވަނަ އެއާލައިން އެއާ އަރަބިއާގެ ދަތުރުތަކަށް އެ ޓާމިނަލް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
13 އޯގަސްޓް 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން ހިދުމަތް ދޭ ދެވަނަ އެއާލައިން އެއާ އަރަބިއާގެ ދަތުރުތަކަށް އެ ޓާމިނަލް މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ޔޫއޭއީގެ ބަޖެޓް އެއާލައިން އެއާ އަރަބިއާގެ ދަތުރުތައް އާ ޓާމިނަލުން ފެށުމުގެ ގޮތުން އެމްއޭސީއެލުން މިއަދު ހެނދުނު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ.
އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދިނީ، މިދިޔަ މަހު 27 އިން ފެށިގެން ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކަށެވެ. އެއާ އަރަބިއާގެ ދަތުރުތައް މި ފެށީ އޭގެ ދެ ހަފުތާ ފަހުންނެވެ.
އެ އެއާލައިނުން ދަތުރުކުރަނީ މާލެ އާއި މެދު އިރުމައްޗާއި ޔޫރަޕުގެ ގައުމުތަކާ ދެމެދުގަ އެވެ.
Air Arabia passengers experienced a seamless check-in for their first departure from Terminal 1 at Velana International Airport. pic.twitter.com/FgiSAnvlFv
— Maldives Airports Company Ltd (@MACLmedia) August 13, 2025
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން ފެށުމުގެ ކުރިން، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އެއާޕޯޓު ބޭނުންކުރާ 34 އެއާލައިންގެ ހިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރުމެވެ.
ކުލަގަދަ ހަފުލާއަކާއެކު އާ ޓާމިނަލް ހުޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ މަހު 26 ގަ އެވެ.
މީގެ ނުވަ އަހަރު ކުރިން ހަދަން ފެށި އާ ޓާމިނަލަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ. އާ ޓާމިނަލް ހުޅުވާފައި ވަނީ އެންމެ ޒަމާނީ އޭވިއޭޝަން ހިދުމަތްތަކާ އެކު އެވެ. އެ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ބެންކޮކް އެއާވޭސްގެ ހިދުމަތް އާ ޓާމިނަލަށް
ޓާމިނަލް ހުޅުވަން ދަތުރުތައް ދޮޅުގަޑިއިރަށް ހުއްޓާލަނީ
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް
ސައޫދީ އެއާލައިންގެ ހިދުމަތް އާ ޓާމިނަލުން ފަށައިފި
އާ ޓާމިނަލްގެ 10ވަނަ އެއާލައިނަކީ މެލޭޝިއާ އެއާލައިން
އާ ޓާމިނަލުން ބެއިޖިން ކެޕިޓަލަށް ހިދުމަތް ފަށައިފި
ވީއައިއޭގެ އާ ޓާމިނަލްގެ ފުރަތަމަ ލައުންޖު ހުޅުވައިފި
ވީއައިއޭގެ ޕާކިންއިން ބައެއް ވަގުތީގޮތުން ހުޅުވާލައިފި