Roadha Mihaaru

ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 29 ވަނަ އެއާލައިނަކަށް އިއްތިހާދު އެއާވޭސް

ޔޫއޭއީގެ ގައުމީ އެއާލައިން އަދި އެ ގައުމުގައި ދެވަނަ އަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްގެ ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން އިއްޔެ ދޭން ފަށައިފި އެވެ.

އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި

ޔޫއޭއީގެ ގައުމީ އެއާލައިން އަދި އެ ގައުމުގައި ދެވަނަ އަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްގެ ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން އިއްޔެ ދޭން ފަށައިފި އެވެ.

އެ އެއާލައިންގެ ހިދުމަތް މިދިޔަ ޖުލައި 26 ގައި ހުޅުވި ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގައި ފެށުމަށް އެ ތަނުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެ ހަފުލާގައި އެ އެއާލައިންގެ ރާއްޖޭގެ އިސް ވެރިންނާއި މި ސަރަހައްދަށް ކަނޑައަޅާފައިވާ ބައެއް ވެރިން އަދި އެމްއޭސީއެލްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ފުރަތަމަ ފަހަރަށް ކައިރި އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓުން އިއްޔެ ރާއްޖެ އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލަށް ފުރަތަމަ ފަހަރަށް ކައިރި އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓުން އިއްޔެ ރާއްޖެ އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް

އިއްތިހާދު އެއާލައިނުން ވީއައިއޭގެ އާ ޓާމިނަލަށް ކައިރި ކުރި ފުރަތަމަ މަތިންދާބޯޓުން އައި 180 ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަކޮށް ސަގާފީ ހަރަކާތެއް ހުށަހެޅި އެވެ. އަދި އެ އެއާލައިނުން އިއްޔެ ފުރި 305 ފަސިންޖަރުންނަށް ވެސް ހަދިޔާ ދިނެވެ.

އިއްތިހާދު އެއާވޭސްގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ފެށުން އިއްޔެ ފާހަގަކުރަނީ.---ފޮޓޯ: އެމްއޭސީއެލް

އިއްތިހާދު އެއާވޭސްގެ ހިދުމަތް ވީއައިއޭގެ އާ ޓާމިނަލްގައި ފެށުން އިއްޔެ ފާހަގަކުރަނީ.---ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނި ގޮތުގައި ނޮވެމްބަރު 1، 2011 ގައި ރާއްޖެ އަށް ދަތުރުތައް ފެށި އިއްތިހާދު އެއާވޭސްއަކީ ވީއައިއޭގެ އާ ޓާމިނަލްގައި ހިދުމަތް ފެށި ޔޫއޭއީގެ ތިން ވަނަ އެއާލައިނެވެ. އަދި އިއްތިހާދު އެއާވޭސްއާ އެކު، އާ ޓާމިނަލުން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު 29 އަށް އެރީ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ވީއައިއޭގެ އާ ޓާމިނަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ފުރަތަމަ ފަހަރަށް ކައިރި އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓުން އިއްޔެ ރާއްޖެ އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް

ވީއައިއޭގެ އާ ޓާމިނަލަށް ފުރަތަމަ ފަހަރަށް ކައިރި އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓުން އިއްޔެ ރާއްޖެ އައި ފަސިންޖަރުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ. އެކަން ހާސިލުކުރަނީ، ޕީކް ވަގުތުގައި އިތުރު އެއާލައިންތަކަށް ފުރުސަތު ދީ، ޑިއުޓީ ފްރީ ފުޅާކޮށްގެންނެވެ.