ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރަން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ގަސް ފޮނުވައިފި އެވެ.
17 އޯގަސްޓް 2025
ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރަން ހިންގާ "ފުޑްސެކިއުރިޓީ ޕްރޮގްރާމް"ގެ ދަށުން ށ. އަތޮޅުގެ ހަތަރު ރަށަކަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ގަސް ފޮނުވައިފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައިި ށ. އަތޮޅުގެ ހަތަރު ރަށް ކަމަށްވާ ފުނަދު އާއި ނަރުދު އާއި ޅައިމަގާއި ބިލެތްފައްސަށް މި މަހުގެ ތެރޭގައި ފޮނުވީ 1،159 ގަހެވެ. މި ރަށްތަކަށް ފޮނުވީ، އާއްމުކޮށް ރަށްރަށުގައި ހައްދާ، އަލަ އާއި ބަނބުކޭލާއި ޖަނބުރޯލާއި މުރަނގަ ގަހެވެ. މި ގަސްތައް ފޮނުވީ ރަށްރަށުގެ ގެތަކާއި އޮފީސްތަކަށެވެ.
- 65 ބަނބުކެޔޮ ގަސް
- 116 ޖަނބުރޯލް ގަސް
- 111 މުރަނގަ ގަސް
- 32 އަލަ ގަސް
- 59 ބަނބުކެޔޮ ގަސް
- 52 ޖަނބުރޯލު ގަސް
- 51 މުރަނގަ ގަސް
- 216 އަލަ ގަސް
- 60 ބަނބުކެޔޮ ގަސް
- 71 ޖަނބުރޯލު ގަސް
- 67 މުރަނގަ ގަސް
- 56 އަލަ ގަސް
- 29 ބަނބުކެޔޮ ގަސް
- 29 ޖަނބުރޯލު ގަސް
- 29 މުރަނގަ ގަސް
- 116 އަލަ ގަސް ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރަން ކައުންސިލްތަކުން ވެސް ރަށްރަށަށް ގަސް ފޯރުކޮށްދޭން މިނިސްޓްރީން އެދެ އެވެ.
ފުޑްސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ގަސް ފޯރުކޮށްދެމުން އަންނައިރު، މިދިޔަ ޖޫން މަހު ހދ. ހަނިމާދޫ ކައުންސިލަށް ވަނީ 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފަ އެވެ.
މަސައްކަތް ނުހިނގާ ރަށްތަކުގެ އެއްބަސްވުން ބާތިލުކުރާނެ
ހުޅުދޫ ޑަކް ޕާކުގެ ދިރުންތައް މެރި މައްސަލަ ބަލަނީ
އޮޅުހިޔާގައި ބައްޔެއް ފެތުރި، ބުޅާތައް މަރުވަނީ
ރުކާއި މުރަނގަ އާލާކުރަން ކޮންސަލްޓެންޓުން ހޯދަނީ
އެސްޓީއޯއިން މިރުސްގެނަޔަސް ކަނޑޫދުއަށް ގެއްލުމެއް ނެތް
އޮޅުހިޔާގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ ގެންގޮސްފި
ރުކަށް ގެއްލުންދޭ ސޫފި ކޮންޓްރޯލްކުރަން ޗައިނާގެ އެހީ
އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ހަދައިފި
ބުޅާ ގެންދާ ތަނެއް ނޭނގޭ، މަދުވުމުން އުފާފާޅުކުރަނީ!
ބުޅާތައް ބަލަހައްޓަން ދެ ފަރާތަކުން ކުރިމަތިލައިފި