މާލޭ މަގުމަތީ އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅުހިޔާ"ގައި ބައްޔެއް ފެތުރި މަހެއްހާ ދުވަހުގެ ތެރޭގައި 51 ބުޅާ މަރުވެފައިވާ ކަމަށް ބައެއް ޖަމިއްޔާތަކުން ބުނެފި އެވެ.
10 އޮކްޓޯބަރ 2025
މާލޭ މަގުމަތީ އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި "އޮޅުހިޔާ"ގައި ބައްޔެއް ފެތުރި މަހެއްހާ ދުވަހުގެ ތެރޭގައި 51 ބުޅާ މަރުވެފައިވާ ކަމަށް ބައެއް ޖަމިއްޔާތަކުން ބުނެފި އެވެ.
ހުޅުމާލެ 2 ގައި ހިންގާ އޮޅުހިޔާގެ ހާލަތު ބެލުމަށް ހަތަރު ޖަމިއްޔާއަކުން އެ ތަނަށް ޒިޔާރަތްކޮށް ރިޕޯޓެއް އެކުލަވާލައި ވަނީ އާންމުކޮށްފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ 20 ދުވަހުގެ ތެރޭގައި 51 ބުޅާ މަރުވެފައި ވެ އެވެ.
ރިޕޯޓްގައިވާ ގޮތުން އޮޅުހިޔާގައި ބުޅަލުގެ އެކި ބަލިތައް ފެތުރުމުގެ މައްސަލަ ބޮޑެވެ. އޭގެ ތެރޭގައި މައިކޮޕްލާސްމާ ފެތުރެމުންދާ ކަމަށް ރިޕޯޓްގައި ވެ އެވެ.
ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބުޅާތައް މަރުވި ސަބަބުތައް އެ ތަނުގެ އޮފިޝަލުންނާއި މުވައްޒަފުންނަށް ބުނެ ނުދެވުނު ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.
ރިޕޯޓްގައިވާ ގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އޮޅުހިޔާގައި 127 ބުޅާ ގެންގުޅުނުއިރު، އިތުރަށް 8 ބުޅާ ގެންގޮސްފައި ވެ އެވެ. ނަމަވެސް، މި ވަގުތު އޮޅުހިޔާގައި އޮތީ 84 ބުޅަލެވެ. ނަމަވެސް، ތަނުގައި ގެންގުޅޭ ބުޅާތަކުގެ ޖިންސެއް އަދި ޅަ ބުޅަލުގެ އަދަދެއް ވެސް ނޭނގެ އެވެ.
ޖަމިއްޔާތަކުން ފާހަގަކުރާ ގޮތުގައި އޮޅުހިޔާގައި ގެންގުޅޭ ބުޅާތަކެއް ވެސް ބައިތިއްބާފައި ހުންނަނީ އެއްކޮށެވެ. ސިއްހަތު ރަނގަޅު ބުޅާތައް ވެސް ވައިރަލް އަދި ފަންގަލް އިންފެންޝަންތައް ހުންނަ ބުޅާތަކާ އެއް ތަނެއްގައި ގެންގުޅޭތީ ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ. އަދި ފިރިހެން ބުޅަލާއި އަންހެން ބުޅާ ވެސް އެއް ތަނެއްގައި ބައިތިއްބާ ކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.
މައިކޮޕްލާސްމާ ބާރުމިނުގައި ފެތުރެމުންދާ ކަން ފާހަގަކުރެވޭއިރު، އެ ތަނުގައި މަސައްކަތް ކުރާ ބުޅަލުގެ ޑޮކްޓަރަށް އެކްސެސް ވެވެނީ ސެކަންޑް ޗޮއިސްގެ އެންޓިބަޔޮޓިކްއަކަށް ކަމަށް ރިޕޯޓުގައި ބުންޏެވެ. އަދި އެ ޑޮކްޓަރު އެ ތަނުގައި މަސައްކަތް ކުރަން ފެށީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށް ވާތީ ކުރިން ބުޅާތައް ބެލެހެއްޓި ގޮތާއި ވެކްސިނުގެ ތަފްސީލެއް ނޭނގޭ ކަމަށް ރިޕޯޓްގައިވެ އެވެ.
އޮޅުހިޔާ ސާފުކުރަން އުޅޭ މުވައްޒަފުން އެކަން ކުރުމުގައި ކޮންމެ ކޭޖެއްގައި ވެސް އެއް އަންގި އާއި ބްރަޝް ބޭނުން ކުރާ ކަމަށާއި އޭގެ ސަބަބުން ކަރަންޓީން ކޭޖްތަކުގައި ކްރޮސް ކޮންޓެމިނޭޝަންގެ ނުރައްކާ އޮންނާނެ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ. ކަރަންޓީނު ބުޅާތަކަށާއި އައުޓްޑޯ ކެނެލްތަކުގަައި ތިބި ބުޅާތަކަށް ކާން ދޭން ގެންގުޅެނީ ވަކި ސްކޫޕެއް ކަމަށް މުވައްޒަފުން ބުނި ކަމަށްވީ ނަމަވެސް، އެކަން ކަށަވަރު ނުވާ ކަމަށް ވެސް ރިޕޯޓްގައި ވެ އެވެ.
ލިޓަރިން ބޮކްސްތަކާއި ފަރުނީޗަރުތަކުގައި ނަޖިސް ހޭކިފައި ހުރި ކަމަށް ރިޕޯޓްގައި ބުންޏެވެ.
ރިޕޯޓްގައި ފާހަގަކުރި ކަންބޮޑުވުންތަކާ އެކު، ޖަމިއްޔާތަކުން ވަނީ އޮޅުހިޔާ ރައްކާތެރިކޮށް، ސާފުތާހިރުކޮށް ބޭއްވޭނެ ގޮތްތަކުގެ ލަފާތައް ހިއްސާކޮށްފަ އެވެ. އަދި ބުޅާތަކުގެ ސިއްހީ ކަންކަން ރަނގަޅަށް ބަލަހައްޓައި، އެ ކަންކަން އާންމުކުރަމުން ގެންދިޔުމަށް ޖަމިއްޔާތަކުން ގޮވައިލާފައި ވެ އެވެ.
އޮޅުހިޔާގެ ޖާގަ ބޮޑުކޮށް، އިތުރު 75 ބުޅާ ގެންގޮސްފި
ބުޅާ ގެންދާ ތަނެއް ނޭނގޭ، މަދުވުމުން އުފާފާޅުކުރަނީ!
"ހާލުގައި ޖެހިފައިވާ" 15 ބުޅާ އޮޅުހިޔާއަށް
ބުޅާ ފެސިލިޓީގެ ނެޓުތައް ބަދަލުކުރަން ފަށައިފި
އޮޅުހިޔާ އަށް ބުޅާތައް ގެންދަން ފަށައިފި
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރުން އިތުރުވަނީ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ރާމާމަކުނުގެ ވައިރަހުގައި ޗައިނާއިން މީހަކު މަރުވެއްޖެ