ސަތާރަ އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލުމުން، ތަޖުރިބާކާރު ހަތަރު ކޯޗަކު ކުރިމަތިލައިފި އެވެ.
18 އޯގަސްޓް 2025
ސަތާރަ އަހަރުންދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް ކުރިމަތިލާން ހުޅުވާލުމުން، ތަޖުރިބާކާރު ހަތަރު ކޯޗަކު ކުރިމަތިލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާ ކޯޗުންގެ ސަރުތުތަކުގެ ތެރެއިން އެއް ޝަރުތަކީ އޭ އެފްސީ އޭ ލައިސެންސް ފުރިހަމަކޮށްފައި ވުމެވެ.
މަގާމަށް ކުރިމަތިލި ކޯޗުންގެ ތެރޭގައި ރާއްޖޭގައި ބޭއްވި ފުރަތަމަ އޭ ލައިސެންސް ކޯހުން، ތަމްރީނުވި އަހްމަދު ނާޝިދު (ނާދު) އާއި މުހައްމަދު ޝާހިދު (ޝާޑް) ހިމެނެ އެވެ.
ދެން ކުރިމަތިލި ދެ ކޯޗުންނަކީ، މިދިޔަ އަހަރު ބޭއްވި އޭ ލައިސެންސް ކޯޗިން ކޯހުން ތަމްރީނުވި ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) އާއި ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.
ސޮބާ، އެންމެ ފަހުން މަސައްކަތް ކުރީ ނިއު ރޭޑިއަންޓްގަ އެވެ. އެފްއޭއެމުން އޭޕްރީލު މަހު ބޭއްވި ލީގު ކަޕްގައި އޭނާގެ ކޯޗުކަމުގެ ދަށުން ނިއު އެ މުބާރާތުގައި ވާދަ ކުރި އެވެ.
އެފްއޭއެމުން 17 އަހަރުންދަށުގެ ޓީމަށް ކޯޗަކު ހޯދަނީ ފުލުޓައިމް ވަޒީފާއެއްގެ ގޮތުގައި އެ މަގާމު އަދާކުރާނެ މީހެކެވެ.
- ޔޫތު ފުޓްބޯޅައިގައި ނުވަތަ ކްލަބް ލެވަލްގައި މަދުވެގެން ފަސް އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- އުމުރުފުރާތަކުގެ ކުދިންގެ އުމުރާ ގުޅޭ ތަމްރީނުތަކާއި ޓެކްނިކަލް ސްޓްރެޓަޖީތައް ތަންފީޒުކުރަން އެނގުން
- 17 އަހަރުންދަށުގެ ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދުމަށް ސްކައުޓްކޮށް ހުނަރު ދެނެގަނެވޭނެ ގާބިލުކަން ހުރި މީހެއްކަމުގައިވުން.
އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓާއި އަދި ގައުމީ ޓީމުތަކުގެ އެހެން ކޯޗުންނާ ވެސް ގުޅިގެން މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެފްއޭއެމުން ކުރި އިއުލާނުގައި ވެއެވެ.
މަގާމަށް ކުރިމަތިލި ހަތަރު ކޯޗުން ވެސް އެފްއޭއެމްގެދަށުން އެކި ގައުމީ ޓީމުތަކުގައި މަސައްކަތް ކޮށްފަ އެވެ. ޝާޑް ވަނީ ސީނިއާ ޓީމާއި 23 އަހަރުންދަށުގެ ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ނާދު ވަނީ ގައުމީ އަންހެން ޓީމާއި އުމުރުފުރާތަކުގެ ޓީމުގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އަދި ފުރަތަމަ ޑިވިޝަނުގައި ވިކްޓަރީ، ވެލެންސިއާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ދަ ގްރާންޑޭގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.
ސޮބާ ވެސް ވަނީ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަލީ ސުޒޭންގެ ކޯޗުކަމުގެދަށުން 23 އަހަރުންދަށުގެ ގައުމީ ޓީމުގައި އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކޮށްފަ އެވެ.
ޑިވެލޮޕްމެންޓް ފުޓްބޯޅައިގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ފަރީދު ވަނީ މީގެ ކުރިން 19 އަހަރުންދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. މިހާރު އޭނާ އަކީ އޮޑި ސްޕޯޓްސް އެކަޑަމީގެ ހެޑް ކޯޗެވެ.
އަޑުބަރޭ ސްކޮޑުން ބާކީ ކުރުމުން އެމްޑީޕީގެ ފާޑު ކިޔުން
ނިއު މޮޅުވާން އޮޑިން ފުރުސަތެއް ނުދިން
އަންހެން ފުޓްބޯޅައިގެ ފުރަތަމަ މެޗު ވިކްޓަރީ އަށް!
އަންހެން ލީގުގެ ކޮންމެ ޓީމަކަށް 100،000ރ.
ގައުމީ ކޯޗުކަމުގައި މޯހަންގެ ފަހު މެޗުތަ؟
ސާފްގައި ރާއްޖެއަށް އިތުބާރު ހޯދަން ފިޔަވަޅުތަކެއް!
ހަނިމާދޫ ބަލިކޮށް ހދ.ގެ ޗެމްޕިއަންކަން ކުޅުދުފުއްޓަށް
ފަލަސްތީނުގެ ޓީމުގެ ހަރަދުތަކަށް 546،000ރ.
ފަލަސްތީނުގެ ޓީމަށް އެހީވާން ސްވެނިއާ ޓިކެޓް ވިއްކަނީ!
ޓްރޭނިން ކޭމްޕަށް ފަލަސްތީނުގެ ޓީމު މާދަމާ ރާއްޖެއަށް