ފުލުހުން މިއަދު ހުޅުމާލޭގައި ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕަކުން 144 ދަޅު ބަނގުރާ ފެނިއްޖެ އެވެ.
25 އޯގަސްޓް 2025
ފުލުހުން މިއަދު ހުޅުމާލޭގައި ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕަކުން 144 ދަޅު ބަނގުރާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ބަނގުރާ ކޭސްތަކަކާ މީހަކު ހައްޔަރުކުރީ ހުޅުމާލެ 1 އިން ކަމަށެވެ.
ހައްޔަރުކުރި މީހާއަކީ، ހުޅުމާލެ 1 ގެ ފުލުހުން މިއަދު ހެނދުނު ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ވަގުތު ބާރު ސްޕީޑުގައި ދުއްވައިގެން ހުއްޓުވި ޕިކަޕެއްގެ ޑްރައިވަރު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ އިންޑިއާ މީހެއް ކަމަށްވާ ފަސަލު ރަހްމާން މަޓުމަލް އެވެ.
ފުލުހުން ބުނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ޕިކަޕު މަޑުކުރަން ފުލުހުން އަތުން އިޝާރާތްކޮށް، އަދި ބަރުގޮނު އަޅައިގެން އެންގުމުން ވެސް އޭނާ މަޑުނުކޮށް ދިޔަ ކަމަށެވެ.
އެ ޕިކަޕު ދުއްވީ ބާރު ސްޕީޑުގައި، ޒިގްޒެކްކޮށް އެކި މަގުތަކުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ، ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި، ޕިކަޕު ދުއްވަން އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޕިކަޕު ބަލައި ފާސްކުރި އިރު، 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
އެހެންވެ، އެ ޕިކަޕުގެ ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް ފުލުހުން ވަނީ ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.
200 ބަނގުރާފުޅިއާ އެކު ތިން ބިދޭސީއަކު ހައްޔަރު
ބަނގުރާ ފުޅިތަކަކާ އެކު 57 އަހަރުގެ މީހަކު ހައްޔަރު
ބަނގުރާ ހިފައިގެން ފިލަން ދުވި ބިދޭސީން ހައްޔަރުކޮށްފި
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު
ބަނގުރާ ހިފައިގެން ދަނިކޮށް އެކްސިޑެންޓްވުމުން ފިލައިފި
ބަނގުރަލާ އެކު ދެ ދިވެހިން ހައްޔަރުކޮށްފި
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ
ބަނގުރާ ބޮއެ ޕާޓީކުރި 12 މީހަކު ހައްޔަރުކޮށްފި
ޓެކްސީއެއްގައި ގެންދިޔަ ރާފުޅިތަކެއް އަތުލައިގެންފި
އަނިޔާގެ ރިޕޯޓަކާހެދި ވަންއިރު ފެނުނީ 17 ކިލޯ ޑްރަގް