ހުޅުމާލޭގައި އަލަށް ހިއްކާ ފޭސް 3 ސަރަހައްދުގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
28 ޑިސެމްބަރ 2024
ހުޅުމާލޭގައި އަލަށް ހިއްކާ ފޭސް 3 ސަރަހައްދުގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ތިނެއްގައި ބިދޭސީއަކު ފޮށިގަނޑެއް ހިފައިގެން ދާތަން ފެނިގެން ފުލުހުން އޭނާގެ ހަރަކާތްތައް ބަލަމުން ދިޔަ ކަމަށެވެ. އޭނާ ފޭސް 3 ގެ ބީޗް ސަރަހައްދުގައި އެ ފޮށިގަނޑު ފޮރުވި ކަމަށާއި އެކަން ހުއްޓުވަން އުޅުމުން ފުލުހުންނާ މާރަމާރީ ހިންގައި ފިލަން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބެލި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ 500 އެމްއެލްގެ 30 ފުޅި ފެނިފައިވާ ކަމަށާއި އެ މީހުން ދިރިއުޅެމުން ދިޔަ ސައިޓަށް ފުލުހުން ދިޔުމުން އިތުރު ދެ މީހަކު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަނގުރާ ކެއްކި މައްސަލާގައި ހައްޔަރު ކުރި ތިން މީހުން--ފޮޓޯ: ޕޮލިސް
އެތަނުގައި ބަނގުރަލަށް ޝައްކު ކުރެވޭ 500 އެމްއެލްގެ 72 ފުޅި އާއި ބަނގުރާ ފުޅިއެއް އަދި ބަދިގެ ތެރެއިން ބަނގުރާ ކައްކަން ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
200 ބަނގުރާފުޅިއާ އެކު ތިން ބިދޭސީއަކު ހައްޔަރު
ބަނގުރާ ހިފައިގެން ފިލަން ދުވި ބިދޭސީން ހައްޔަރުކޮށްފި
ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކި މީހުންގެ ވިސާއެއް ނެތް
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ
ގަވައިދާ ހިލާފަށް ސިނގިރޭޓު ވިއްކާ މީހަކު ހައްޔަރު!
ބަނގުރާ ފުޅިތަކަކާ އެކު 57 އަހަރުގެ މީހަކު ހައްޔަރު
ފަހައި ދުއްވައިގެން އަތުލައިގަތް ޕިކަޕެއްގައި ބަނގުރާ
ރަހީނުކުރި ބަންގުލަދޭޝް މީހަކު ސަލާމަތްކޮށްފި
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
ފޭކް ސްލިޕުން ރާސްޓަސް ކުރި ބިދޭސީއަކު ހޯދަނީ