އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ފަސް ނޫސްވެރިޔަކު ޝަހީދުކޮށްލި މައްސަލަ ބޮޑުވުމުން އެއީ ހަމާސް އިން ހަރުކޮށްފައިވާ ކެމެރާއެއް ނައްތާލަން ދިން ހަމަލާތަކެއްގައި މަރުވި ބައެއް ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި ފަސް ނޫސްވެރިޔަކު ޝަހީދުކޮށްލި މައްސަލަ ބޮޑުވުމުން އެއީ ހަމާސް އިން ހަރުކޮށްފައިވާ ކެމެރާއެއް ނައްތާލަން ދިން ހަމަލާތަކެއްގައި މަރުވި ބައެއް ކަމަށް އިޒްރޭލުން ބުނެފި އެވެ.
ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް ދެ އަހަރުވާން ގާތްވެފަައި ވާއިރު އެ މުއްދަތުގައި މިހާތަނަށް މީޑިއާގެ 200 ވަރަކަށް މީހުން ވަނީ މަރުވެފަ އެވެ. އެހެންވެ މިއީ މިހާތަނަށް ނޫސްވެރިންނަށް އެންމެ ގެއްލުން ބޮޑު ހަމަލާތަކުގެ ގޮތުގައި ވެސް ބެލެވެ އެވެ.
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި މިދިޔަ ހޯމަ ދުވަހު ދިން ހަމަލާގައި އަލްޖަޒީރާ، އެސޯސިއޭޓެޑް ޕްރެސް އަދި ރޮއިޓާސްގެ އިތުރުން އެހެނިހެން މީޑިއާތަކުގެ ފަސް ނޫސްވެރިއަކާ އެކު 20 މީހަކު ވަނީ މަރުވެފަ އެވެ. ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފައިވާ ގޮތުގައި އިޒްރޭލުން އެ ދުވަހު ފުރަތަމަ ހަމަލާ ދިނީ ގޮވާ ގޮތަށް ހަދާފައިވާ ޑްރޯނެއް ހޮސްޕިޓަލުގެ އިމާރާތަކަށް ފޮނުވައިގެންނެވެ. އަދި އޭގެ ފަހުން ވައިގެ މަގުން ހަމަލާދިނީ އެވެ.
އިޒްރޭލު އަސްކަރިއްޔާއިން އިއްޔެ ބުނީ ނާސިރު ހޮސްޕިޓަލަށް މި ހަމަލާ ދިނީ އެތަނުގައި ހަމާސް އިން ކެމެރާއެއް ހަރުކޮށްފައި ހުރުމުން އެ ނައްތާލަން ކަމަށެވެ.
އިޒްރޭލުގެ ހަމަލާގައި ޝަހީދުވި ނޫސްވެރިއެއް ކަމަށްވާ މުއާޒް އަބޫ ތާހާ، އެހެން ބައެއް ނޫސްވެރިންނާ އެކު ސެލްފީއެއް ނަގަނީ.
"މަސައްކަތްކުރީ އެ ކެމެރާ ހަލާކުކޮށްލައި ނުރައްކާ ނައްތާލަން،" އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ހަމަލާގައި މަރުވި މީހުންގެ ތެރެއިން "ހަ މީހަކީ ޓެރަރިސްޓުން" ކަމަށާއި ހަމަލާ ދިން ގޮތާއި އެ ހަމަލާއަށް ހުއްދަ ދިން މަރުހަލާތަކުގައި ކަން ހިނގި ގޮތް އިތުރަށް ބަލަން ޗީފް އޮފް ސްޓާފް އަމުރުކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ނޫސްވެރިން މަރުވި މައްސަލަ ބޮޑުވުމާ އެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނ އެކަމުން އަވަހަށް ސަލާމަތްވާން މާފަށް އެދި އެކަން ތަހުގީގުކުރާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލުން މި މަހުގެ ކުރީކޮޅު ވެސް އަލް ޖަޒީރާގެ ހަތަރު ނޫސްވެރިޔަކާއި ފްރީލާންސްކޮށް މަސައްކަތްކުރާ ދެ މުވައްޒަފަކު މަރާލާފައިވެ އެވެ. އެ ހަމަލާ ވެސް ދިފާއުކޮށް އިޒްރޭލުން ބުނީ އެއީ އަލްޖަޒީރާއަށް މަސައްކަތްކުރާ ނޫސްވެރިންގެ ތެރޭގައި ހިމެނޭ "ހަމާސްގެ ޓެރަރިސްޓަކަށް" ދިން ހަމަލާއެއް ކަމަށެވެ.
ޣައްޒާއަށް ބޭރުގެ ނޫސްވެރިން ނުވައްދާތީ ކޯޓަށް
ޣައްޒާގައި އަނެއްކާވެސް ހަތަރު ނޫސްވެރިޔަކު މަރާލައިފި
ނޫސްވެރިން މެރުމުގެ ޖަރީމާ އދ. އިން ކުށްވެރިކޮށްފި
އިޒްރޭލުން އަލްޖަޒީރާގެ 5 ނޫސްވެރިޔަކު ޝަހީދުކޮށްލައިފި
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ނޫސްވެރިން މެރުމުގެ ރެކޯޑް ވެސް އިޒްރޭލަށް
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
އިޒްރޭލުން ޣައްޒާގައި 27 މީހަކު ޝަހީދުކޮށްލައިފި
ޓްރަމްޕްގެ ޣައްޒާގެ ޕްލޭން ފާސްވުމުން އިޒްރޭލު އުފަލުން
ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި