ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ އިތުރު މެމްބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
09 ސެޕްޓެމްބަރ 2025
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ އިތުރު މެމްބަރެއްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އެ ކޮމިޝަނަށް ކުރިމަތިލުމަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ.
އެކަމުގެ ފޯމު ބަލައިގަންނަން ހަމަޖައްސާފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
ފަސް މެމްބަރުން ތިއްބަވާ ކޮމިޝަނުން ދެން އެންމެ އަވަހަށް ހަމަވަނީ ރައީސަކަށް ހުންނެވި މަރިޔަމް މުނާ އެވެ. އޭނާގެ ދައުރު އަންނަ ނޮވެމްބަރު މަހު ހަމަވާނެ އެވެ.
އެޗްއާރުސީއެމުން މި ފަހުން ވެސް ދެ ބޭފުޅެއްގެ ދައުރު ހަމަވުމުން އިއްޔެ ވަނީ އިތުރު ދެ މެމްބަރަކު އައްޔަންކޮށްފަ އެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެޗްއާރުސީއެމް މެމްބަރުކަމުން މޫސަ އިސްތިއުފާ ދެއްވައިފި
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ރަމީލާ އައްޔަންކޮށްފި
ވިއްސާރައިގެ ގެއްލުމުން އެނގެނީ މޫސުމީބަދަލުގެ ނުރައްކާ
މީޑިއާ ކޮމިޝަނަށް ތިން ބޭފުޅުން އައްޔަން ކުރައްވައިފި
ސްކޭޓް އެރީނާއާ އެކު ޒުވާނުންނަށް ފުރުސަތުތައް ފަހިވާނެ
އެޗްއާރުސީއެމަށް އައްޔަންކުރަން ރަމީލާގެ ނަން
ގުރުއާން މުބާރާތުގެ 1ވަނަ އިނާމަށް ޕީއެޗްޑީ ސްކޮލަޝިޕް
ރައީސް އޮފީހު ޔޫޓިއުބް ޗެނަލް ހެކްކުރުމުން ރިމޫވްކޮށްފި