Roadha Mihaaru
އެޗްއާރުސީއެމް މެމްބަރުކަމުން މޫސަ އިސްތިއުފާ ދެއްވައިފި

އެޗްއާރުސީއެމްގެ މެމްބަރުކަމުން މޫސަ އިސްތިއުފާ ދެއްވައިފި

19 ޖުލައި 2020

މިނިވަންކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ހިިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުކަމުން މޫސާ އަލީ ކަލޭފާނު ރޭ އިސްތިއުފާ ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިނިވަންކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ހިިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުކަމުން މޫސާ އަލީ ކަލޭފާނު ރޭ އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަސްއޫލިއްޔަތުތައް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު އަދާކުރެވޭނެ މާހައުލެއް މިވަގުތު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންވެ ކޮމިޝަނުން އިސްތިއުފާދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމްޕެރެޓިވް ރިލިޖަންސް އިން މާސްޓާސް ހާސިލްކުރައްވާފައިވާ މޫސަ، އެޗްއާރުސީއެމަށް އައްޔަންކުރެއްވީ އޮގަސްޓް 27، 2015 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ވެސް، މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބުނެ އެޗްއާރުސީއެމްގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށެވެ. އަދި ކޮމިޝަންގެ ހަތަރު މެމްބަރެއްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލާން ވެސް ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމުން މޫސަ އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަންގެ ރައީސް އާމިނަތު އީނާސް އަދި ކޮމިޝަންގެ މެމްބަރު އައިޝަތު އަފްރީން ވަނީ މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.

އެ ކޮމިޝަންގައި މިވަގުތު ތިއްބެވީ ނައިބު ރައީސް މުހައްމަދު މުހައްމަދު ޒާހިދު އަދި މެމްބަރު ނައިވީން އަބްދުﷲ އެވެ. އޭގެ ތެރެއިން ނައިވީންގެ ދައުރު ވެސް އަންނަ ސެޕްޓެމްބަރު މަހު ހަމަވާނެ އެވެ.