މޭވާ އާއި ތަރުކާރީ ހިމެނޭ ގޮތުން ކާބޯތަކެތީގެ އަަސާސީ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އެއްޗެހި މަދުނުވާ ވަރަށް ގެނެވޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
މޭވާ އާއި ތަރުކާރީ ހިމެނޭ ގޮތުން ކާބޯތަކެތީގެ އަަސާސީ ބާވަތްތަކުގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އެއްޗެހި މަދުނުވާ ވަރަށް ގެނެވޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އަސާސީ ބާވަތްތައް ކަމަށް އަލަށް ކަނޑައެޅި ބާވަތްތައް އެތެރެކުރަން ކުރާ މަސައްކަތްތަކުގެ ތަފްސީލު ދޭން އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހީމް ވިދާޅުވީ އެ ބާވަތްތައް ގިނަ އަދަދަަކަށް ގެނެސް ގުދަން ކުރެވޭނެ އިންތިޒާމު މިހާރު ވެސް ހުރީ ހަމަޖައްސާފައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފަސޭހައިން ހަލާކުވާ ބާވަތްތަކާއި އެ ނޫން ބާވަތްތައް ވެސް ރައްކާ ކުރެވޭ ގޮތަށް އެސްޓީއޯ އިން ވަނީ މާލޭގައި ދެ ގުދަނެއް ހަދައިފަ އެވެ.
"އަޅުގަނޑުމެން މިހާރު ވާނީ އިންޑަސްޓްރިއަލް ވިލެޖުގައި، ބްރިޖު އެ އަޅާ ސަރަހައްދުގައި ޒަމާނީ ދެ ގުދަން ގާއިމްކޮށްފައި،" ޝިމާދު ވިދާޅުވި އެވެ.
ދުރު ގައުމުތަކުން ގެންނަ ބާވަތްތައް ކަނޑުމަގުން ގެނައުމުގައި ހޭދަވާ މުއްދަތު ދިގު ވިޔަސް އެ އިން ބާވަތެއް މަދުވިޔަ ނުދިނުމަށްޓަކައި ވައިގެ މަގުން ގެންނަން ޖެހުނަސް އެސްޓީއޯ އިން އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އެސްޓީއޯ
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރިމަގުގައި އެސްޓީއޯ އިން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މުދާ ރައްކާކުރާނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އިއުލާނު ކުރައްވައިފަ އެވެ.
މިއީ ހަނޑޫ، ހަކުރު އަދި ފުށް ފިޔަވައި އެހެން ގިނަ ބާވަތްތަކެއް ދާއިމީކޮށް އެސްޓީއޯ އިން އެތެރެކޮށް ވިއްކަން ފަށާ ފުރަތަމަ ފަހަރެވެ. އާންމުކޮށް އެ ކުންފުނިން އަސާސީ ބޭނުންތަކުގެ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކަނީ އަގުތައް ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ.
ރައީސް މުއިއްޒު އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ، މުގު، ބިސް، އަލުވި ދައުލަތުގެ ކުންފުނި އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު އިއްޔެ ނިންމާފައިވާ ކަމަށެވެ.
23 ބާވަތެއްގެ އަގު ހެޔޮކުރަނީ
އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް ބާޒާރުމަތީގައި ހުޅުވައިފި
ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު ދަށަށް
މޭވާ އާއި ތަރުކާރީ އެސްޓީއޯއިން އެތެރެކޮށް ވިއްކަނީ
ރޯދައަށް އެސްޓީއޯއިން ކާބޯތަކެތި އަގު ހެޔޮކޮށް ވިއްކާނެ
އެސްޓީއޯއިން ދެ ބްރޭންޑެއްގެ ދަޅުކާނާ ވިއްކަން ފަށައިފި
އެސްޓީއޯ އާއި ހިޓާޗީގެ ގުޅުމަށް 25 އަހަރު
ރާއްޖެ-ލަންކާ މުދާ ފެރީ ފަށަން މަޝްވަރާ ކުރަނީ
މުދާ ކްލިއާ ކުރި ވަރު އިތުރުވެއްޖެ
އަގުބޮޑުވިޔަސް މޭވާ/ތަރުކާރީގެ ސަޕްލައި ހިފެހެއްޓިފައި