އިންސާނެއްގެ ހިތުގައި ފުރިހަމައަށް މަސައްކަތްކުރާ ޓިޝޫއަކަށް ސްޕިނެޗް ފަތެއް ބަދަލުކުރުމުގައި ސައިންސްވެރިން ކާމިޔާބު ހޯދައިފި އެވެ.
27 މާޗް 2017
އިންސާނެއްގެ ހިތުގައި ފުރިހަމައަށް މަސައްކަތްކުރާ ޓިޝޫއަކަށް ސްޕިނެޗް ފަތެއް ބަދަލުކުރުމުގައި ސައިންސްވެރިން ކާމިޔާބު ހޯދައިފި އެވެ.
ސައިންޓިސްޓުން މިހާރު މަސައްކަތްކުރަމުންދަނީ އިންސާނުންގެ ޓިޝޫގެ ތަންކޮޅެއް ބޮޑު ބައެއް މިގޮތަށް އުފެއްދޭތޯ އެވެ. ސަބަބަކީ މިހާތަނަށް އެމީހުންނަށް މިކަން ކާމިޔާބުކުރެވިފައި ވަނީ ލެބޯޓްރީގައި ހެދި ވަރަށް ކުޑަ ސާމްޕަލެއްގައި ކަމަށް ވާތީ އެވެ. ޓިޝޫ، ކަށި ނުވަތަ މުޅި ގުނަވަނެއްގެ ބޮޑުމިނަށް މިފަދަ އެއްޗެއް އުފެއްދުމަކީ ވަރަށް އުނދަގޫ ކަމަށް ވާނެ ކަމަށް ސައިންސްވެރިން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް ބަލި ޖެހިފައިވާ ނުވަތަ އަނިޔާއެއް ލިބިފައިވާ ތަނަކަށް މިފަދަ ފަރުވާއެއްގެ ބޭނުން ކުރެވޭ ނަމަ ކިތަންމެ އުނދަގުލުން ނަމަވެސް މިކަން ކުރަން ސައިންސްވެރިން ބޭނުންވެ އެވެ.
މި މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުން ހައްލުކުރުމާ ވަރަށް ގާތަށް ސައިންސްވެރިންނަށް މިހާރު ވަނީ އާދެވިފަ އެވެ. އެއީ އާ ޓިޝޫތަކަށް ލޭ ދައުރުކޮށްދޭނެ ވެސްކިއުލާ ސިސްޓަމެއް އުފެއްދުމުގެ މަސައްކަތެވެ. މިހާތަނަށް ތްރީޑީ ޓެކްނިކް ބޭނުންކޮށްގެން ވެސް، ހިމަ ހިމަ ލޭ ނާރުތަކުގެ ގޮފިތަކުގެ ވިއުގައަށް ރަނގަޅަށް ލޭ ފޯރުވައިދެވޭނެ ގޮތް ހެދުން އޮތީ ވަރަށް އުނދަގޫ މަސައްކަތަކަށް ވެފަ އެވެ. ނަމަވެސް މި ފަތް ޕްލާންޓް ޓިޝޫއަށް ބަދަލުކޮށްގެން ރިސާޗަރުން ވަނީ މި މައްސަލަ ހައްލުކޮށްފަ އެވެ.
ގަސްގަހާ ގެއްސާއި ޖަނަވާރުން ކެމިކަލް އާއި ދިޔަ ދަތުރުކުރުމުގައި ގެންގުޅެނީ ވަރަށް ތަފާތު ގޮތްތަކެއް ނަމަވެސް އޭގެ އޮނިގަނޑުން އެ މަސައްކަތް ކުރަނީ ވަރަށް އެއްކަހަލަ ގޮތަކަށެވެ.
މީގެ ކުރިން ވެސް ސައިންސްވެރިން ވަނީ އާޓިފިޝަލް ސާމްޕަލުން އިންސާނުންގެ ޓިޝޫ އުފެއްދުމުގައި ކާމިޔާބު ހޯދާފަ އެވެ. ނަމަވެސް އެއީ ވަރަށް ކުޑަ ގޮތަކަށް ކޮށްފައިވާ މަސައްކަތެކެވެ. ނަމަވެސް މިފަހަރު ވަރަށް ފުޅާކޮށް މިކަން ކުރެވޭނެ މަގު ވަނީ ފަހިކޮށްފަ އެވެ. މިއީ އެކްސިޑެންޓެއްގައި ލިބޭ ގެއްލުންތަކަށް ފަރުވާކުރަން ވަރަށް ރަނގަޅު ގޮތަކަށް ވާނެ އެވެ.
ޖާނަލް ބައޯމެޓީރިއަލްސްގެ މޭ މަހުގެ އަދަދުގައިވާ މި ރިޕޯޓުގައިވާ ގޮތުން ގަސްގަހާ ގެއްސާއި ޖަނަވާރުންގެ ހަށިގަނޑުގައި ކެމިކަލްސް ދަތުރުކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. ނަމަވެސް އެމީހުން މި މަސައްކަތްކުރަން ބޭނުންނުކުރާ ނެޓްވާކްގެ މަސައްކަތް ހުންނަނީ ދާދި އެއްގޮތަކަށެވެ.
މިފަދަ، ހިތުގެ ޓިޝޫއެއް އުފެއްދުމަށްޓަކައި ސައިންސްވެރިން ސްޕިނެޗް ފަތުން ޕްލާންޓް ސެލްސްތައް ނައްތާލި އެވެ. އޭގެ ފަހުން ފްލުއިޑް އާއި މައިކްރޯބީޑްސް އޭގެ ތެރެއަށް ފޮނުވަ އެވެ. މިއީ މިއީ އިންސާނުންގެ ލޭގެ ސެލްސް ފޮނުވާ ގޮތާ ހަމަ އެއްގޮތަކަށް ސްޕިނެޗް ފަތުގެ ނާރުތަކުގެ ތެރެއަށް ފޮނުވާލާ އެއްޗެކެވެ. އަދި އެއަށްފަހު އިންސާނުންގެ ލޭގެ ސެލް އޭގައި އިންދަ އެވެ. މިއީ ލޭ ހޮޅިތަކުގެ ބޭރު ފަށަލަ އުފެއްދުމަށް ބޭނުންކުރާ ވައްތަރުގެ ހިއުމަން ސެލްސް އެވެ.
ސައިންސްވެރިން ބުނަނީ މި ޓެކްނިކް ބޭނުންކޮށްގެން، ހާޓް އެޓޭކް ޖެހުމުން ހިތުގެ މަސްތައް ބަލިކަށިވުމުން އެ މަސްފަށަލަތައް ސިއްހަތު ރަގަޅު އެއްޗަކަށް ހެދިދާނެ ކަމަށެވެ. އަދި މިއީ އެހާ ބޭނުންތެރި އެއްޗަކަށް ވަނީ މިޒާތުގެ ފަތަކީ ކޮންމެ ހިސާބަކުން ވެސް ވަރަށް ފަސޭހައިން ލިބޭނެ އެއްޗަކަށް ވާތީ އެވެ.
ޝިފްޓް ޑިއުޓީން ހިތުގެ ބަލީގެ ނުރައްކާ ބޮޑުވޭ
40 "ޕުޝް-އަޕް" ހެދެންޏާ ހިތް ރަނގަޅު؟
ހިތަށް ނިދި މުހިންމު، މަދުވެގެން ހަ ގަޑިއިރު ނިދާތި
ކޮންމެ ދުވަހަކު ބިހެއް ކެއުމުން ބޮޑު ފައިދާއެއް
ހިތުގެބަލީގެ އަންހެނުންނަށް އަންހެން ޑޮކްޓަރުން ރަނގަޅު
ގިނައިރު ޓީވީ ބަލަން އިނުމުން ލޭ ގަނޑުވުމުގެ ބިރު
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ޓްރީ ޓޮޕްގައި ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކޮށްފި
ކުޑަކުދިންގެ ހިތުގެ ބަލީގެ ދެ ޑޮކްޓަރަކު ދިކްލިނިކްގައި