01 އެޕްރީލް 2019
ޝިފްޓް ޑިއުޓީ ނަގާ މީހުންގެ ދިރިއުޅުމުގެ އާދަ ގެންގުޅެންޖެހޭ ގޮތުން، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް ޗައިނާގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ޝިފްޓް ޑިއުޓީ ނަގާ މީހުންގެ ދިރިއުޅުމުގެ އާދަ ގެންގުޅެންޖެހޭ ގޮތުން، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް ޗައިނާގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާގައި 320،000 މީހުން ބައިވެރިކޮށްފައިވެ އެވެ. ނަތީޖާ އިން ދެއްކީ ޝިފްޓް ޑިއުޓީން ހިތަށް ގެއްލުން ބޮޑުވާ ކަމަށާއި މިގޮތަށް މަސައްކަތުގައި އުޅޭތާ ގިނަ ދުވަސްވާ ވަރަކަށް މި ނުރައްކާ ބޮޑުވާ ކަމަށެވެ.
"ޝިފްޑް ޑިއުޓީގައި މަސައްކަތްކުރުމުން ލިބޭ އާމްދަނީ ފަހަރެއްގައި ބޮޑުވެދާނެ. އެކަމަކު މިއީ މުވައްޒަފުންގެ ހިތަށް ގެއްލުން ހުރި ކަމެއް. އެހެންވެ، ވަޒީފާ ދޭ ފަރާތްތަކުން ބަލަންވީ ޝިފްޑް ޑިއުޓީގައި މީހުން ގެންގުޅުން މަދުކުރުމާއި މަސައްކަތު ވަގުތު ވީހާވެސް ބޮޑަށް ކުޑަކުރުމަށް،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ވެއިހޮންގް ޝެން ވިދާޅުވި އެވެ. އޭނާ އަކީ ހުއަންޒޫ ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ވަޒީފާ އާއި ތިމާވެއްޓާ ގުޅުން ހުރި ކަންކަމުގެ ދިރާސާތައް ކުރައްވާ ތަޖުރިބާކާރެކެވެ. އަދި މި ދިރާސާގައި އިސްކޮށް ހުންނެވީ އޭނާ އެވެ.
މި ދިރާސާ އަށް ޝެން ވަނީ މީގެ ކުރިން، އެތައް ހާސް ބަޔަކު ހިމެނޭ ގޮތުން ކޮށްފައިވާ 21 ދިރާސާ އަކުން މައުލޫމާތު އެއްކުރައްވައިފަ އެވެ. އެ މީހުންގެ ތެރެއިން 20،000 މީހަކަށް ވަނީ ހިތުގެ ލޭ ހިނގުމަށް ދަތިވާ ހިތުގެ އެކި މައްސަލަތައް ދިމާވެފަ އެވެ.
މި ދިރާސާ ކޮށްފައި ވަނީ ޝިފްޓް ޑިއުޓީގެ ސަބަބުން ހިތަށް ގެއްލުންވާ ސަބަބު ދެނެގަތުމަކަށް ނޫނެވެ. ނަމަވެސް ދިރާސާ އިން އެނގުނު ގޮތުގައި ޝިފްޓް ޑިއުޓީ އަދާކުރާ މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު 13 ޕަސެންޓް އިތުރުވެ އެވެ. އަދި މިގޮތަށް ވަޒީފާ އަދާކުރާ ކޮންމެ އަހަރަކުން، ހިތުގެ ބަލީގެ ނުރައްކަލަށް އޮންނަ ފުރުސަތު އެއް ޕަސެންޓަށް އިތުރުވާ ކަމަށް ވެސް އޮކިއުޕޭޝަނަލް މެޑިސިން ޖާނަލްގެ މި މަހުގެ 29 ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކުރި ދިރާސާ ރިޕޯޓްގައި ބުނެފައިވެ އެވެ.
ދިރާސާ ޓީމުން ވަނީ މުވައްޒަފުންގެ ސިއްހީ ހާލަތު ދެނެގަނެ، ހިތުގެ ބަލި ޖެހުނުގެ ކުރިން އެކަން ދެނެގަތުމަށް އެހީވުމަށް ލަފާ ދެއްވައިފަ އެވެ.
40 "ޕުޝް-އަޕް" ހެދެންޏާ ހިތް ރަނގަޅު؟
ހިތަށް ނިދި މުހިންމު، މަދުވެގެން ހަ ގަޑިއިރު ނިދާތި
ކޮންމެ ދުވަހަކު ބިހެއް ކެއުމުން ބޮޑު ފައިދާއެއް
ހިތުގެބަލީގެ އަންހެނުންނަށް އަންހެން ޑޮކްޓަރުން ރަނގަޅު
ގިނައިރު ޓީވީ ބަލަން އިނުމުން ލޭ ގަނޑުވުމުގެ ބިރު
ސްޕިނެޗް ފަތް އިންސާނާގެ ހިތުގެ ޓިޝޫ އަކަށް
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
4 އިންޑަސްޓްރީއަކާ ހެދި އަހަރަކު 2.7 މިލިއަން މަރު
ޓްރީ ޓޮޕްގައި ދާއިމީ ޕޭސްމޭކާ އިމްޕްލާންޓް ކޮށްފި
ކުޑަކުދިންގެ ހިތުގެ ބަލީގެ ދެ ޑޮކްޓަރަކު ދިކްލިނިކްގައި