އިއްޔެ ފާސްކުރި މީޑިއާ ރެގިއުލޭޝަން ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ބިލެއް ކަމަށާއި އެހެންވެ އެ ބިލު ބާތިލުކުރަން ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
17 ސެޕްޓެމްބަރ 2025
އިއްޔެ ފާސްކުރި މީޑިއާ ރެގިއުލޭޝަން ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ބިލެއް ކަމަށާއި އެހެންވެ އެ ބިލު ބާތިލުކުރަން ސުޕްރީމްކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވިދާޅުވީ މުޅި ބިލަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ބިލެއް ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށެވެ. ބިލުގެ މަސައްކަތް މަޖިލީހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔައީ ވެސް އޭނާ ތުހުމަތުކުރެެއްވި ގޮތުގައި ގާނޫނާއި ރައްްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށެވެ.
ކޮމިޓީން ގަވައިދާ ހިލާފަށް ކުރި އެއް ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފާ ކޮމިޓީގައި ނީއްވައި ކޮމިޓީން ބިލު ފާސްކުރުމެވެ. ދެވަނަ ކަމަކީ އިއްޔެ ޖަލްސާއަށް ވަަރަށް ކުރު ނޯޓިސްއެއް ދިނުމަށް ފަހު ޖަލްސާ ފެށި އިރު މެންބަރުންނަށް ކޮމިޓީ ރިޕޯޓް ނުދެއްކުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"މިކަހަލަ އެތައް ބައިވަރު މައްސަލަތަކެއް އެބަހުރި، އަޅުގަނޑުމެން އެހެންވީމާ ޕީޖީ ގްރޫޕްގެ ފަރާތުން އިއްޔެގަައި ވާނެ ދަންނަވާފައި، އަޅުގަނޑުމެން އިއްޔެގެ ބިލާ ދޭތެރޭގައި[ދެކެނީ މިގޮތަށޭ]، އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް ފާސްކޮށްފައިވާ ބިލެއް ކަމަށް ދެކި އަޅުގަނޑުމެން ކޯޓަށް ދާނެ ވާހަކަ. އެހެންވީމާ އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ދަންނަވަން،" ސަމީރު ވިދާޅުވި އެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަމީރު ފަހުން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާނީ މުޅި ބިލު ބާތިލުކުރަންތޯ ނުވަތަ ވަކިވަކި މާއްދާތައް ބާތިލުކުރަންތޯ ކަނޑައެޅުމަށް އެ ޕާޓީގެ ގާނޫނީ ޓީމުން ދިރާސާކުރަމުން އަންނަ ކަމަށެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށް ބުނެ އެތައް ނޫސްވެރިންނެއް ގޮވައިލަމުން ދިޔައީ އެ ބިލު ފާސްނުކޮށް މަޖިލީހުން ބޭރުކޮށްލުމަށެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރި އިރު އެ ބައްދަލުވުން ކުރިއަށް ދިޔަ މާލަމުގައި ވެސް ނޫސްވެރިން އިހުތިޖާޖްކުރި އެވެ.
ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ވެސް ގެންދަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީޑިއާ ބިލް އިސްލާހުތަކާއެކު ކޮމިޓީން ފާސްކޮށްފި
މީޑިއާކޮމިޝަނަށް ތިން ބޭފުޅަކު އައްޔަންކުރަން ފާސްކޮށްފި
މީޑިއާ ބިލު ތަސްދީގު ކުރުމުން ސީޕީޖޭގެ ކަންބޮޑުވުން
ހާލަތާ ނުބައްދަލު ބާރު ބޭނުމެއް ނުކުރަން: ފުލުހުން
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑިއާ ބިލް: ނަޝީދަށް ފެނުނީ ޕާޓީތައް ބައްދަލުވާން!