ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ނޫސްވެރިން ކުރި މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ނޫސްވެރިން ކުރި މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މީޑިއާ ބިލު ފާސްކުރަން މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ދައުރުން ބޭރު ޖަލްސާ ކުރިއަށް ދިޔަ ވަގުތު މަޖިލީހުގެ ކައިރީގައި ނޫސްވެރިން އެ ބިލާ ދެކޮޅަށް މުޒާހަރާކުރި އެވެ. އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ އެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެ މައްސަލަ ހުށަހަޅައިފި އެވެ.
އެކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރީ އެންމެ ކުޑަމިންވަރަށް ކަަމަށެވެ. އެ މިންވަރަށް ބާރުގެ ބޭނުންކުރީ ފުލުހުންނާއި މުޒަހާރާގެ ބައިވެރިންގެ ވެސް ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
"...ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަންއަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަމިންވަރުގެ ބާރުގެ ބޭނުންކޮށްގެންނެވެ،" އެ ބަޔާނުގައި ފުލުހުން ބުންޏެވެ.
މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުންކުރި މަންޒަރު ފެންނަ ކަމަށް ބުނާ ފޮޓޯތަކުން އެގޮތަށް މަންޒަރު ފެންނަނީ ވަކި އޭންގަލަކުން ފޮޓޯ ނަގާފައިވާތީ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނި ނަމަ ވެސް އެ ބަޔާނުގައި ފުލުހުން ބުނީ އެކަމުގައި އަމަލުކުރި ގޮތް އިތުރަށް ބަލަމުންދާ ކަމަށެވެ.
އެ މުޒާހަރާގައި ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުން ބައެއް ނޫސްވެރިންނާއި އާންމުންނަށް އެކިވަރުގެ އަނިޔާތަކެއް ވެފައިވެ އެވެ. އަދި އެއް ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައިވެ އެވެ.
ނޫސްވެރިން "ހޭއަރުވާލާނަމޭ" ބުނި މައްސަލަ ބަލަންޖެހޭ
ނޫސްވެރިއަކަށް އިންޒާރުދިން މައްސަލަ ބަލައިދޭން އެދިއްޖެ
އަހަރެން ހޭނެތުނީ ފުލުހުންގެ އަނިޔާތަކުން: ހުސައިން
މީޑިއާ ބިލު ތަސްދީގު ކުރުމުން ސީޕީޖޭގެ ކަންބޮޑުވުން
މީޑިއާ ބިލްގެ މައްސަލަ އެމްޑީޕީން ސުޕްރީމްކޯޓަށް
މީޑިއާ ބިލް އިސްލާހުތަކާއެކު ކޮމިޓީން ފާސްކޮށްފި
މީޑިއާ ބިލަށް ވޯޓަށް އެހުމާއެކު ކޮމިޓީގައި އިހުތިޖާޖް
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ