މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ،
މުޅި ރާއްޖެ ޑިޖިޓަލައިޒްކުރަން ސަރުކާރުން ހިންގާ "މޯލްޑިވްސް 2.0" މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓްގައި އިސްކަން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ،
މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި ކޮންމެ ރަށެއް ތަރައްގީވާން ޖެހޭނެ ކަމަށެވެ. ތަރައްގީ ވާން ޖެހޭނީ ހުރިހާ ދާއިރާއަކުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަން ހާސިލުވުމާ އެކީގައި މިހާރު މި އޮތް، ބަވަނަވެފައި އޮތް ދުނިޔޭގެ ތަރައްގީގެ ހަގީގަތްތަކާ ގުޅިލާމެހިގެން އެންމެ ކުރީގައި ސަފުގައި ތިބެގެން [ކުރިއަށް] ދާން ޖެހޭނީ. އެހެންވީމާ މޯލްޑިވްސް 2.0 ގެ ނަމުގައި ފަށައިގެން ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމެއް ވެސް މުޅި ރާއްޖޭގައި މި ގެންދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އަދި މި އަންނަ އަހަރު އަޅުގަނޑުމެން ބަޖެޓު ހަދާ އިރުގައި ވަރަށް އިސްކަމެއް އެބަ ދެން މި ޕްރޮގްރާމް ކުރިއަށް ގެންދަން ވެސް."
ރައީސް މުއިއްޒު އިއްޔެ މުލަކަށް ވަޑައިގަތުމުން އެ ރަށުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރުކުރުމެވެ. ހިދުމަތް ދެނީ އެންމެ ހަލުވި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
"މީގެ އެންމެ ބޮޑު ނަތީޖާއަކަށް ވާނީ ކޮރަޕްޝަން ނެތިގެން ދިއުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޮޓޮމޭޓް ކުރުމުގެ ބަދަލުގައި އިންސާނުން އަމިއްލަ އަށް ހުރިހާ ކަމެއް ކުރާ ގޮތަށް އޮތުމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ ފެންވަރުގައި އަދި ޕްރައިވެޓް ސެކްޓަރުގައި ވެސް އެކަން ހިނގަނީ އެގޮތަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"2.0 އަކީ ކޮރަޕްޝަން ނައްތާލާ ބޮޑު މަސައްކަތް"
ޓްރޭޑްނެޓްގެ ނަން ބަދަލުކޮށްފި
ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލެއް އުފައްދައިފި
އެންމެ ފުރަތަމަ ޑިޖިޓަލް ކުރަނީ ސިއްހީ ދާއިރާ: ރައީސް
"ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް"
ޑިޖިޓަލް ދަތުރުގަ ބައިވެރިވާން އިދިކޮޅަށް ގޮވާލައްވައިފި
"މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން"
"ކޮރަޕްޝަން ނައްތާލަން ގައުމު ޑިޖިޓަލް ކުރަންޖެހޭ"
ޑިޖިޓަލްކޮށް އެއްބަޔަކު ގޭގައި މަސައްކަތްކުރާގޮތް ހަދަނީ
މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި