ބާސެލޯނާގެ ޓީމު ބައްދަލުވުމަށް ދެ މިނެޓް ލަހުން ހާޒިރުވުމުން، މާކޯޝް ރަޝްފާޑަށް އަދަބު ދީފި އެވެ.
23 ސެޕްޓެމްބަރ 2025
ބާސެލޯނާގެ ޓީމު ބައްދަލުވުމަށް ދެ މިނެޓް ލަހުން ހާޒިރުވުމުން، މާކޯޝް ރަޝްފާޑަށް އަދަބު ދީފި އެވެ.
އާދިއްތަ ދުވަހު ގެޓާފޭއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗުގައި، އިނގިރޭސި ފޯވާޑަށް ފުރަތަމަ 11 އިން ފުރުސަތު ދޭނެ ކަމަށް ބެލެވުނެވެ. އެއީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ބާސާއިން ކުޅުނު މެޗުގައި ދެ ލަނޑު ޖެހުމުންނެވެ.
އެކަމަކު އޭގެ ފަހުން ކުޅުނު މެޗުގައި އޭނާ ބެހެއްޓީ ބެންޗުގަ އެވެ.
ސަބަބެއް ކަމަށް އިއްޔެ ސްޕެއިންގެ މީޑިއާތަކުން ބުނީ، އެ ދުވަހު ހެނދުނު އޮތް ޓީމުގެ ބައްދަލުވުމަށް ގަޑިޖެހިގެން ދިއުމުން ކަމަށެވެ. ޓީމުގެ ބައްދަލުވުމަށް ހާޒިރުވާން ޖެހޭ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހެނދުނު 9:30 އެވެ. އަދި 11 ޖަހާއިރު ޓީމުގެ އެކްޓިވޭޝަން ސެޝަން ވެސް ތާވަލުކޮށްފައި އޮތެވެ. ބާސާގެ އެތެރޭގެ ބައެއް މަސްދަތުތަކާ ހަވާލާދީ ސްޕެއިންގެ ބައެއް މީޑިއާތަކުން ބުނީ އުމުރުން 27 އަހަރުގެ ރަޝްފޯޑް ބައްދަލުވުމަށް ދިޔައީ 9:32 ގަ އެވެ.
ބާސާގެ ކޯޗު ހެންސީ ފްލިކް ފާހަގަ ކުރެވިފައިވަނީ ކުޅުންތެރިން، ގަވާއިދަށް އަމަލުކުރަން ބާރު އަޅާ ކޯޗެއްގެ ގޮތުގަ އެވެ. ކުޅުންތެރިންގެ ފަރުވާކުޑަކަމުން ދިމާވާ ކަންކަންކަމުގައި އޭނާ ވަނީ މީގެ ކުރިން ވެސް ކުޅުންތެރިންނަށް އަދަބު ދީފަ އެވެ.
މިދިޔަ ހަފުތާގައި ރަފީނިއާ ވެސް ބެންޗަށް ބަދަލު ކުރީ ޓީމުގެ ބައްދަލުވުމަށް ގަޑިޖެހިގެން ހާޒިރުވުމުންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރެ، ރަޝްފޯޑް ބާސާ އަށް ބަދަލުވީ ލޯނު އުސޫލުންނެވެ. ޔުނައިޓެޑުން އޭނާ ލޯނަށް ދޫކޮށްލީ ކޯޗު ރުބެން އަމޯރިމްގެ ޕްލޭނުގައި އޭނާ ނުހިމަނާތީ އެވެ.
މިދިޔަ ސީޒަންގެ ފަހު ބައި ލޯނު އުސޫލުން އޭނާ ހޭދަ ކުރީ އެސްޓަން ވިލާގަ އެވެ.
ބާސާގައި ރަޝްފޯޑަށް އޮތީ ޕްރެކްޓިސްކޮށްކޮށް ހުރުން
ފްލިކްގެ މެސެޖް: ބާސާގެ އެނބުރި އައުން "ތަފާތުވާނެ"
މިއީ ބާސާއަށް ރަނގަޅު ދަނޑިވަޅެއް ނޫން: ފްލިކް
ބަލިވީ ސީރިއަސް ގޯސްތަކެއް ހެދިގެން: ފްލިކް
ބާސާއާ ޖެހުނީމަ ރެފްރީންނަށް ގޯސް ހެދެންވީ ކީއްވެ؟
ހަރަދުގައި ރެއާލް، ބާސާއަށް ވުރެ އެތުލެޓިކޯ ކުރީގައި
ބާސާ މޮޅުވިޔަސް ލެވަންޓޭއިން "ޒަހަމްތަކެއް ދީފީ"
ބާސާގެ ޓީމަށް ދަނޑުމަތީގައި ދެއްކުނީ 50 ޕަސަންޓް
ޔުނައިޓެޑްގައި އެއްވެސް މިސްރާބެއް ނެތް: ރަޝްފޯޑް
ޓާސްޓެގަންއަށް ފިޔަވަޅު އަޅަން ބާސާއިން މައްސަލަ ބަލަނީ