ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ކާރޫބާރު ބޮޑު މަގެއްގެ އެއް ބައި މިއަދު އަޑިއަށް ގަނބައިގަނެ ފުން ވަޅުގަނޑެއް ހެދިއްޖެ އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ކާރޫބާރު ބޮޑު މަގެއްގެ އެއް ބައި މިއަދު އަޑިއަށް ގަނބައިގަނެ ފުން ވަޅުގަނޑެއް ހެދިއްޖެ އެވެ.
މި ބޮޑު ވަޅުގަނޑު ހެދުނީ ބެންކޮކްގައި އާންމުން ގިނަ ސަރަހައްދެއްގައި ހުންނަ ވަޖިރާ ހޮސްޕިޓަލުގެ ބޭރުގަ އެވެ. ގާތްގަނޑަކަށް 50 މީޓަރު (160 ފޫޓް) ފުޅާ ވަޅުގަނޑެއް ހެދިފައި ވާއިރު ކަރަންޓް ނަރުތައް ބުރިވެ ފެން ހޮޅިތައް ވެސް ފެޅި ހާމަޔަށް ފެންނަން ހުއްޓެވެ.
ބެންކޮކްގެ ޑިޒާސްޓާ ޕްރިވެންޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ސުރިޔަޗައި ރަވިވާން އޭއެފްޕީއަށް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ދާދި ފަހުން ބޯކޮށް ވާރޭ ވެހުމާއި ފެން ހޮޅިއަކުން ލީކުވަމުން ދިއުމުގެ ސަބަބުން ކަމަށް ވެދާނެ ކަމަށެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ވަޖިރާ ހޮސްޕިޓަލުގެ ކުރިމަތިން ބިންގަނޑު އަޑިއަށްގޮސް ބޮޑު ވަޅުގަނޑެއް ހެދިފައި. -- ފޮޓޯ: އޭއެފްޕީ
"ފެން ހޮޅިން ލީކުވެފަައި ހުރި -- އެ ފެނުން ބިންގަނޑު ތެމި ވެލިގަނޑު ދޫވެގެން މި ހާދިސާ ހިނގީ ކަމަށް ބެލެވެނީ،" ހާދިސާގައި މީހަކަށް ކަމެއް ނުވާކަން ފާހަގަކުރައްވަމުން ސުރިޔަޗައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިމު އަޑިން ފެން ލީކުވަމުން ދިޔައިރު އިމާރާތްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ސަބްވޭއެއްގެ ތެރެއަށް ވެލިގަނޑު ދެމެމުން ގޮސްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ތަނުގެ ކުރިމަތީގައި ޕޮލިސް ސްޓޭޝަނެއް ވެސް ހުންނައިރު އެތަނުން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ. އަދި ކައިރި އެޕާޓްމަންޓުތަކުން ވެސް މީހުން ހުސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. -- އޭއެފްޕީ
ބިންހެލުމުގައި މިއަންމާ އާއި ތައިލެންޑުން 150 މަރު
ދިވެހިންގެ ހާލު މިދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
ބެންކޮކްގެ ބިން ހެލުން: ސަފީރަށް ބިރުވެރި ދުވަހެއް!
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ހދ. އަތޮޅު ކައުންސިލުން ބެންކޮކަށް ދިޔަ މައްސަލައެއް
ވައިރަސް ފެތުރުން ހުއްޓުވަން ބެންކޮކް ލޮކްޑައުނަށް!
އުރަމަތީ ކެންސަރުގެ ވޭނާ ދެކޮޅަށް ކުރަނީ ސްކޭޓް
ތައިލެންޑުގައި އެކްސިޑެންޓުވި ދިވެހި މީހާ މަރުވެއްޖެ
ބެންކޮކްގައި ތިބި ދިވެހިންނަށް އެހީ ފޮނުވައިދެނީ
ކޮވިޑް-19: ބެންކޮކުގެ ހުރިހާ މޯލްތަކެއް ބަންދުކޮށްފި