ހުޅުމާލެ 2 ގައި ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި، މަޑުނުކޮށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
24 ސެޕްޓެމްބަރ 2025
ހުޅުމާލެ 2 ގައި ކަފިހި ހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖައްސައި، މަޑުނުކޮށް ދިޔަ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ހިތިގަސް މަގުން އެމްއޭސީއެލް ޓަވަރު ކައިރީގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި 63 އަހަރުގެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.
އެ އެކްސިޑެންޓުގައި އެ މީހާގެ އެއްފައިގެ ކަށިމަތިން ބިންދައިގެން ދިއުމުން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުވައްމަލަކުގެ ވިޔަފާރިވެރިއެއް ކަމަށްވާ އެ ރަށު ދަޑިމަގު، ނައިސް، ހާލިދު އަބްދުﷲ އަލީ، 57، ވަނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ހާލިދު ބަންދުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އަމުރުގައި ވެ އެވެ. އަދި އޭނާއަކީ ބަލި މީހެއް ކަމަށް ބުނެފައިވާތީ، ޑޮކްޓަރުގެ ލަފާގެ މަތިން ފަރުވާ ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
ކާރެއްގެ ދަށުވެ،މީހަކު މަރުވި މައްސަލާގައި ދައުވާކޮށްފި
އެކްސިޑެންޓް މައްސަލާގައި ތިން މީހުން ވެސް ބަންދަށް
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް
ސައިކަލު ދުއްވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ލޮލުގެ ފެނުން ގެއްލުނު އެކްސިޑެންޓް: އައީ ޖޫރިމަނާއެއް
ރާ ފެނުނު ކާރެއްގައި ތިބި ބަޔަކު ދޫކޮށްލަން އަންގައިފި
ޝިއުނާގެ މަރު: ކާރު ދުއްވި މީހާ ސަލާމަތްވެއްޖެ