ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފާތިމަތު ޝިއުނާ މަރުވި މައްސަލާގައި، ކާރު ދުއްވި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފާތިމަތު ޝިއުނާ މަރުވި މައްސަލާގައި، ކާރު ދުއްވި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސެޕްޓެމްބަރު، 2016 ގައި ޝިއުނާ އޭނާގެ ރަށްޓެއްސަކާ އެކު ސައިކަލުގައި ދުއްވާލަން ނުކުމެ އުޅެނިކޮށް ދުއްވާފައި ދިޔަ ކާރަކުން ސައިކަލުގައި ޖެހި، ޝިއުނާ މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރީ ކާރު ދުއްވަން އިން ގ. ސީވޭވް، އަހުމަދު މަލްދާން އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައިވަނީ އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ކާރު ދުއްވުމުން ކަމަށް ދައުލަތުން ބުންޏަސް، އެ ކާރު ދުއްވި ސްޕީޑް އެއްވެސް ހެއްކަކަށް ޔަގީންކަމާ އެކު ބުނެދެވިފައިނުވާ ކަމަށެވެ. އަދި ކާރު ދުއްވި ކަމަށް ލަފާކުރާ ސްޕީޑް ކިޔައި ދިނުމުގައި ހެކިންގެ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް އެ ހުކުމުގައިވެ އެވެ. އެހެންކަމުން މަލްދާން އެ ކާރު ދުއްވީ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ކަމަށް ނިންމެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމުގައިވަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން މަލްދާންގެ މައްޗަށް އެ ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިނުވާތީ ކަމަށް އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
ޝިއުނާގެ އިތުރުން ސައިކަލު ދުއްވަން އިން މީހާއަށް ވެސް އެ އެކްސިޑެންޓްގައި އަނިޔާތަކެއް ލިބުނެވެ. އޭނާ މިހާރު ވަނީ ފަރުވާއަށް ފަހު ރަނގަޅުވެފަ އެވެ.
އެކްސިޑެންޓެއްގައި މީހަކު މަރުވުން: ދައުވާއަށް އިންކާރު
ސްޕޯޓްސް ކާރު އެކްސިޑެންޓާ ގުޅިގެން ގިނަ ދައުވާތަކެއް
ހަފީޒަށް އަނިޔާވި އެކްސިޑެންޓް: ދުއްވި މީހާ ޖަލަށް
ލޮލުގެ ފެނުން ގެއްލުނު އެކްސިޑެންޓް: އައީ ޖޫރިމަނާއެއް
މީހަކު މަރުވި އެކްސިޑެންޓުގެ މައްސަލަ ހައިކޯޓަށް
ކާރެއްގެ ދަށުވެ،މީހަކު މަރުވި މައްސަލާގައި ދައުވާކޮށްފި
އެކްސިޑެންޓް ގިނަވެ ބިރުވެރިކަން، ހަމަ ގާނޫނު މަދީތަ؟
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ފިލަން އުޅުމުން ޕޮލިހެއްގެ ގައިގައި ސައިކަލުން ޖެހިއްޖެ