ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީ ނާކާމިޔާބުވެ، މެވްޗެސްޓާ ޔުނައިޓެޑް 3-1 އިން ބްރެންޓްފޯޑް އަތުން ބަލިވެއްޖެ އެވެ.
ކެޕްޓަން ބްރޫނޯ ފެނާންޑޭޒްގެ ޕެނަލްޓީ ނާކާމިޔާބުވެ، މެވްޗެސްޓާ ޔުނައިޓެޑް 3-1 އިން ބްރެންޓްފޯޑް އަތުން ބަލިވެއްޖެ އެވެ.
މެޗު ނިމެން 15 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރު ކުރަން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ފެނާންޑޭޒް ފޮނުވާލުމުން ބްރެންޓްފޯޑްގެ ގޯލްކީޕަރު ކޯއިމިން ކެލެހާ ވަނީ ދިފާއު ކޮށްފަ އެވެ. މިއީ މި ސީޒަންގައި ފެނާންޑޭޒް އަށް ނާކާމިޔާބުވި ދެވަނަ ޕެނަލްޓީ އެވެ. ފުރަތަމަ ނާކާމިޔާބުވީ މިދިޔަ މަހު ފުލަމްއާ އެއްވަރުވި މެޗުގަ އެވެ.
ބްރެންޓްފޯޑް ވަނީ ފުރަތަމަ 20 މިނިޓު ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ދެ ގޯލު ވެސް ޖަހައިދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް އީގޯ ތިއާގޯ އެވެ. ޔުނައިޓެޑްގެ ހަމައެކަނި ލަނޑު 26 ވަނަ މިނިޓުގައި ޖަހައިދިނީ ސްލޮވޭނިއާ ފޯވާޑް ބެންޖަމިން ސެސްކޯ އެވެ. މިއީ 89 މިލިއަން ޑޮލަރަށް ގެނައި ފޯވާޑް އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
އެމްބެއުމޯ ޔުނައިޓެޑަށް ޕެނަލްޓީ ހޯދައިދިން ވަގުތު.-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑުން ބްރެންޓްފޯޑަށް 94 މިލިއަން ޑޮލަރު ދައްކާފައި މި ސީޒަނަށް ގެނައި ފޯވާޑް ބްރަޔަން އެމްބެއުމޯ މެޗުގައި ޕެނަލްޓީ ހޯދުން ފިޔަވާ މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ބްރެންޓްފޯޑުން ތިންވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ އަށްވަނަ މިނިޓުގައި، އެންމެ ފަހު ވަގުތު އީގޯ ތިއާގޯގެ ބަދަލުގައި އެރުވި މެތިއަސް ޔެންސެން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މިއާ އެކު ޔުނައިޓެޑް މިވަނީ މިހާތަނަށް ކުޅުނު ހަ މެޗުން ތިންވަނަ މެޗުން ބަލިވެފަ އެވެ. މިހާތަނަށް ދެ މެޗު ކާމިޔާބު ކުރެވިފައި ވާއިރު، އެއް މެޗު ވަނީ އެއްވަރު ވެފަ އެވެ. ޔުނައިޓެޑާއި ބްރެންޓްފޯޑަށް ވެސް ހަ މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.
ހަމައެއާއެކު މިއީ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް އެ ޓީމަށް ލީގުގައި ކޯޗު ކޮށްދިން 33 މެޗުން ބަލިވި 17 ވަނަ މެޗެވެ.
ޔުނައިޓެޑް ކުރިއަރަން ވެސްޓް ހޭމް ފުރުސަތު ނުދިން
ރަތްކާޑްގެ ފައިދާ ނުނެގި ޔުނައިޓެޑް ބަލިވެއްޖެ
ލިވަޕޫލްގެ އުއްމީދު ފުނޑުފުނޑު ކޮށްލީ މެގުއާ
އީސާކް ހުރީ އެންމެ ރަނގަޅު ފޯމުގައި: ސްލޮޓް
ޕްރެޝަރުގައި ހުރި އަމޮރިމަށް ހިތްހަމަޖެހުން
އެހެން ކޯޗަކު ހޯދާކަށް ޔުނައިޓެޑަކުން ނޫޅޭ
ހުރިހާ ގޯހެއް އަމޮރިމްގެ ބޮލަށް ނުޖަހާ: ޑިލިޓް
ދުނިޔޭގެ ޗެމްޕިއަން އަތުން މޮޅުވެ އަމޯރިމް އަށް ހަމަނޭވާއެއް
ފަހު ވަގުތުގެ ޕެނަލްޓީން ޔުނައިޓެޑަށް ފުރަތަމަ މޮޅު
ޔުނައިޓެޑުން ކުރި ބޮޑު ހޭދަ އިސްރާފަށް؟ މޮޅެއް ނުވޭ