ބާރުގަދަ ބައެއް ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ނުހިންގޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމުގެ އިންޒާރު ރާއްޖޭން އިއްޔެ ދީފި އެވެ.
ބާރުގަދަ ބައެއް ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނު ނުހިންގޭތީ، ބައިނަލްއަގުވާމީ ނިޒާމަށް އޮތް އިތުބާރު ގެއްލެމުންދާ ކަމުގެ އިންޒާރު ރާއްޖޭން އިއްޔެ ދީފި އެވެ.
އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ ހަމަހަމަކަމާ އެކު، އދ. ގެ މެމްބަރު ގައުމުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ގާނޫނުތައް ނުހިންގޭ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެކަމުގެ ސާފު މިސާލެއްގެ ގޮތުގައި، ހަލީލް ނެންގެވީ، ފަލަސްތީނުގައި އެއްވެސް ޖެހިލުމެއް ނެތި އިޒްރޭލުން ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާ ގަތުލުއާއްމެވެ.
މިގޮތުން، އިޒްރޭލުން ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނުތައް މުގުރާލައި، އދ.އިން ފާސްކޮށްފައިވާ އެތަކެއް ގަރާރުތަކާއި ބައިނަލްއަގުވާމީ ކޯޓުތަކުން ނެރެފައިވާ އަމުރުތަކަށް ގޮންޖަހަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
Spoke at the General Debate of #UNGA80.
— Abdulla Khaleel (@abkhaleel) September 27, 2025
In my statement, I reflected on our enduring trust in multilateralism, and the promise that sovereignty matters, borders are respected, and every country has an equal voice, and an equal say in making decisions that affects their future.… pic.twitter.com/9zOMfTnzyT
"މީގައި އެންމެ ބޮޑު ނިފާގު ކަމަކީ، މި ގަތުލުއާއްމު ހިންގުމަށް ވާގިވެރިވެ، ހަތިޔާރާއި އެހީ ފޯރުކޮށްދެމުންދަނީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެންމެ ވަރުގަދަ އަށް ވަކާލާތުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދު ކުރުމުގެ ފަހަތުގައި ތިބި ގައުމުތައް ކަން،" އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުގެ މުސްލިމުންގެ ނިކަމެތި ހާލަތު ނުފެންނަކަމަށް ހަދައި، ހުއްޓުމެއްނެތި ލާއިންސާނީ ޖަރީމާތައް ހިންގަން އިޒްރޭލަށް ފުރުސަތު ދީގެން ތިބުމަކީ، މި "ގަރުނުގެ އެންމެ ބޮޑު ލަދު"ގެ ގޮތުގައި ހަލީލް ސިފަކުރެއްވި އެވެ.
ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާ ނަމަ އެއްވެސް ގައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތް ކަން މިއިން ކޮންމެ ހަމަލާއަކުން ސާފުވޭ،"--- މިނިސްޓަރު
މި ޖަރީމާތައް ހުއްޓުވަން ދުނިޔެއިން ނުކުޅެދުމުގެ ނަތީޖާއަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ގަތަރާއި ސޫރިޔާ، ޖޯޑަން، ޔަމަނު އަދި އީރާނާ ހަމައަށް ވެސް ފޯރުމެވެ.
"ގާނޫނަށް ވުރެ ބާރާއި ނުފޫޒުގެ އަޑުގަދަވާ ނަމަ އެއްވެސް ގައުމެއްގެ ބޯޑަރަށް ސަލާމަތެއް ނެތް ކަން މިއިން ކޮންމެ ހަމަލާއަކުން ސާފުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ގާނޫނުގެ ބާރު ނުހިނގާ ދުނިޔެއެއްގެ ބިރުވެރި މުސްތަގުބަލު ސިފަކޮށްދެއްވަމުން، ހަލީލް ވަނީ އދ. ގެ އޮނިގަނޑު އިސްލާހުކޮށް، ހަމަހަމަކަމާއި އިންސާފު ގާއިމުކުރަން އަވަސްވެގަތުމަށް ގޮވާލައްވައިފަ އެވެ.
އދ. ގެ ޖަލްސާގައި ރައީސްގެ މަންދޫބަކަށް ހަލީލް
ފަލަސްތީނު ދައުލަތް ބަލައިގަތް ގަރާރަށް ރާއްޖޭގެ ވޯޓު
މިނިސްޓަރު ޝަހީމަށް އެމެރިކާ ވިސާ ނުދީ ހިފަހައްޓައިފި
ފަލަސްތީނުގެ ސުލްހައިގެ ކޮންފަރެންސްގައި ރާއްޖެ
ނަތަންޔާހޫ ވާހަކަ ދައްކަން ފެށުމުން ޖަލްސާ ދޫކޮށްފި
ސަލާމަތީ މަޖިލީހުން ވީޓޯ އުވާލަން ރައީސް ގޮވާލައްވައިފި
އިޒްރޭލުން ހިންގަނީ ގަތުލުއާމެއް،ޖަވާބުދާރީ ކުރުވަންޖެހޭ
"ޣައްޒާގެ ގަތުލްއާންމު ހުއްޓުވާނެ ހިތްވަރު ބޭނުންވޭ"
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
ކުދި ގައުމުތަކަށް ސެކިއުރިޓީކައުންސިލް ގޮނޑިއެއް ހޯދަނީ