ބޮލީވުޑްގެ އާ ޑައިރެކްޓަރު އަރްޔަން ޚާންގެ އިންސްޓަގްރާމް ޕްރޮފައިލް ޕިކްޗާ (ޕީޕީ) ގިނަ ދުވަސްތަކެއް ފަހުން ބަދަލުކޮށް އޭނާގެ އަމިއްލަ ފޮޓޯއެއް ލައިފި އެވެ.
ބޮލީވުޑްގެ އާ ޑައިރެކްޓަރު އަރްޔަން ޚާންގެ އިންސްޓަގްރާމް ޕްރޮފައިލް ޕިކްޗާ (ޕީޕީ) ގިނަ ދުވަސްތަކެއް ފަހުން ބަދަލުކޮށް އޭނާގެ އަމިއްލަ ފޮޓޯއެއް ލައިފި އެވެ.
އަރްޔަންގެ ޕީޕީ ބަދަލުކުރުމުން ފޭނުންގެ ސަމާލުކަން އެކަމަށް ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި 2021 ވަނަ އަހަރު އަރްޔަން ހައްޔަރުކޮށް، ގިނަ ދުވަސްތަކެއް ފަހުން ބަންދުން ދޫކޮށްލުމާ އެކު، އޭނާ ވަނީ އިންސްޓަގްރާމްގެ ޕްރޮފައިލް ޕިކްޗާ ރިމޫވްކޮށްފަ އެވެ. އޭގެ ފަހުން އޭނާގެ ޕްރޮފައިލް ޕިކްޗާއަށް ފޮޓޯއެއް އަޕްލޯޑްކުރީ އަދި ކިރިޔާ އެވެ.
ފޭނުންގެ ސަމާލުކަން އެކަމަށް އެހާ ބޮޑަށް ލިބުނީ އެ ސަބަބަށްޓަކާ އެވެ.
އަރްޔަންގެ އިންސްޓަގްރާމްގެ ޕްރޮފައިލް ފިކްޗާއަށް އޭނާގެ އަމިއްލަ ފޮޓޯއެއް ލާފައި މި ވަނީ، އޭނާ ޑައިރެކްޓުކޮށް ގެނެސްދިން ފުރަތަމަ ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް"އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކުގަ އެވެ. ނެޓްފްލިކްސް އިން މިހާރު ސްޓްރީމްކުރާ އެ ސީރީޒް ގިނަ ބަޔަކު ވަނީ ބަލައިފަ އެވެ.
އޭނާގެ އިންސްޓަގްރާމްގެ ޕޯސްޓުތަކުގައި ވެސް މުޅިން ހުރީ "ބޭޑްސް އޮފް ބޮލީވުޑް"އާ ގުޅޭ އެއްޗެއްސެވެ.
ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރްޔަން ޝައުގުވެރިވީ ޑައިރެކްޝަނަށެވެ. އޭނާގެ އެކްޓުކުރަން ބޭނުން ނުވާ ކަމަށް ޝާހު ބުނެފައިވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދިއްލީ ކްރައިމް 3" އަންނަ މަހު 12 ގައި
"ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަނެއް ގެނެސްދެނީ
"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ފުރަތަމަ ފެނިލުން
ސިދޫ އެނބުރި ކަޕިލް ޝޯއަށް
ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށަނީ؟
"ދަ ރޯޔަލްސް" ޓްރެއިލާ ނެރެފި
އޭސީޕީ ޕްރަދިއުމަންގެ ބަދަލުގައި ސީއައިޑީއަށް ޕާތު
ސީއައިޑީގައި އޭސީޕީ ޕްރަދިއުމަން މަރުވެއްޖެ
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި