ގެދޮރު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ފައިނޭންސިން ނެގުމަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އެ ބޭންކުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
01 އޮކްޓޯބަރ 2025
ގެދޮރު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ފައިނޭންސިން ނެގުމަށް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އެ ބޭންކުން ފަސް ޕަސެންޓަށް ދަށްކޮށްފި އެވެ.
ގެދޮރު ގަތުމަށް ބީއެމްއެލް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތަކަށް އިކުއިޓީގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު މީގެ ކުރިން ހުރީ 10-20 ޕަސެންޓާ ދެމެދުގަ އެވެ. އެ މިންވަރު ފަސް ޕަސެންޓަށް ދަށްކުރުމަކީ ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން ގެނައި ހެޔޮ ބަދަލެކެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ދިވެހިން ގެދޮރުވެރިކަން ހޯދަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އެ ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސިންގެ އިކުއިޓީ ދަށްކުރުމުން، ގެދޮރުވެރިކަން ބޭނުންވާ މީހުންނަށް މާލީ ގޮތުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަށް ހައްލެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް، 3.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓެއް ގަންނަން ބޭނުންވާ ފަރާތަކުން ކުރިން 20 ޕަސެންޓްގެ ގެ އިކުއިޓީގެ ގޮތުގައި 700,000 ރުފިޔާ ހޯދަން ޖެހުނު ނަމަވެސް، މި ބަދަލާ އެކު އެ އަދަދު މިވަނީ 175,000 ރުފިޔާއަށް ދަށްވެފައި،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އަދަދު ދާދި ފަހުން، ތިން މިލިއަން ރުފިޔާއާ ހަމައަށް ބޮޑު ވެސް ކޮށްފަ އެވެ.
ހިޔާ/ވިނަރެސް އަށް ދޫކުރި ލޯނު އިންޓްރެސްޓް ކުޑަކުރަނީ
ފްލެޓް އަޅަން ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް
އަގު ހެޔޮކޮށް ވިއްކާ ފްލެޓް އަޅަން ބިން ހަވާލުކޮށްފި
ކޭޕާކް ފްލެޓްތައް ނިންމަންޖެހޭ މުއްދަތު އިތުރުކޮށްދީފި
ހައުސިންގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީން ވިސްނަނީ
ބީއެމްއެލްގެ ހޯމް އިމްޕްރޫވްމަންޓް ލޯނަށް އިތުރު ލުޔެއް
ހައުސިން މާކެޓާ ބެހޭ ދިރާސާއެއް ހަދަނީ
ހައުސިން ދާއިރާއާ މެދު ބޭންކްތަކުގެ ކަންބޮޑުވުން ބޮޑު!
މި އަގު ކިހިނެއް؟ ފްލެޓެއް 1.8 މިލިއަނަށް!
އަންޑާޕޫލް ވިލާ: ތަފާތު ގޮތަކަށް އަގުހެޔޮ ފްލެޓެއް