އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މާދަމާ ރޭ މާލޭގައި ބާއްވާ އެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ސިފައިންނާއި ފުލުހުންގެ އިސްވެރިން ސިފައިންގެ މައި މަރުކަޒުގައި މިއަދު ހަވީރު ބައްދަލުކުރައްވައިފި އެވެ.
އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މާދަމާ ރޭ މާލޭގައި ބާއްވާ އެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ސިފައިންނާއި ފުލުހުންގެ އިސްވެރިން ސިފައިންގެ މައި މަރުކަޒުގައި މިއަދު ހަވީރު ބައްދަލުކުރައްވައިފި އެވެ.
ބަންޑާރަކޮށީގައި ބޭއްވި އެ ހާއްސަ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެނގިފައި ވެ އެވެ.
އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފުސީލެއް ސަލާމަތީ ހިދުމަތުން މީޑިއާއާ އަދި ހިއްސާ ނުކުރެ އެވެ.
އެ ކަމަކު، އެ ބައްދަލުވުމަށް ފަހު ބައެއް ވެރިން ސިފައިންގެ މައި މަރުކަޒުން ނުކުމެވަޑައިގަންނަވާ މަންޒަރު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި މިނިސްޓަރު ޣައްސާނާއި އިހުސާން ހިމެނިވަޑައިގަންނަވަ އެވެ.
ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު، ޑިފެންސް މިނިސްޓަރު ޣައްސާން ސިފައިންގެ މައި މަރުކަޒުން މިއަދު ހަވީރު ނުކުމެވަޑައިގެން ފުލުހުންގެ އިސް އޮފިސަރަކާ ސަލާން ކުރައްވަނީ.
ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މާދަމާ ރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި އެމްޑީޕީން ބާއްވާ އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ.
ފުލުހުން ހުއްދަ ދީފައިވާ ރޫޓުގެ ބޭރުން، ސިޔާސީ ފަރާތްތަކުން ބާއްވާ އެ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގުރޫޕްތައް މަގުމައްޗަށް ނެރެ، މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދޭން ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިފައިންނާއި ފުލުހުންގެ އިސްވެރިންގެ ބައްދަލުވުމަށް ފަހު، ޑިފެންސް މިނިސްޓަރު ޣައްސާނާއި ސިފައިންނާއި ފުލުހުންގެ ބައެއް އިސްވެރިން މިއަދު ހަވީރު ސިފައިންގެ މައި ގޭޓް ކައިރީގައި.
އެ އެއްވުމާ ގުޅޭ ގޮތުން ފުލުހުން ބުނީ، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަށް ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރާ ކަމަށެވެ.
އެހެންވެ، އެ ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާ ހަރަކާތްތަކަށް ރައްކާތެރިކަމާއި އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ އެ އިދާރާއިން ވަރަށް ސަމާލުކަން ދޭ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުންނަށް ރައްދުދީ، އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުން ހަދަނީ ދޮގެއް ކަމަށާއި އެއްވުމުގެ ތެރެއިން އެ ޕާޓީން މާލެތެރެ ހަލަބޮލި ކުރަން ރާވާފައި ނެތް ކަަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ބާއްވަނީ ސުލްހަވެރި ހަރަކާތެއް ކަމަށް ވެސް އިދިކޮޅު ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ދުވަހު ވަނީ އެއްވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަންގާފައި ކަމަށާއި އެ ރޫޓަށް އެމްޑީޕީން އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ޕާޓީން ބުނި ގޮތުގައި ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން އަންގާފައި ނުވެ އެވެ.
އެމްޑީޕީން ބުނީ، ފުލުހުން ހެދީ ދޮގެއް ކަމަށް!
ރައީސްގެ މޮޓޯކޭޑް ހުއްޓުވައިފި، ހަތަރު މީހަކު ހައްޔަރު
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
ސިފައިންނާއި ފުލުހުން އިދިކޮޅަކާ ނުގުޅޭނެ:އަބްދުއްރަހީމް
ހުކުރުދުވަހުގެ ހަރަކާތާ ދެކޮޅަށް އިންޒާރު ދީފި
ސަރުކާރު ވައްޓާލަން ފުރުސަތެއް ނުދޭނަން: އާދަމް ޝަރީފް
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
އިދިކޮޅު ޖަލްސާއަށް ފުލުހުން މަގު ބަންދެއް ނުކޮށްދިން
އިދިކޮޅު ޖަލްސާއަށް ފަނޑިޔާރުމަގު ބަންދުކޮށްދޭން އެދެފި
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް