އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
04 އޮކްޓޯބަރ 2025
އިދިކޮޅު އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރޭގެ މުޒާހަރާއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާ އިން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު ވެސް ހިމެނެ އެވެ.
އެ މުޒާހަރާއިން ދެން ހައްޔަރުކުރީ ގއ. ދާންދޫ، ކަކާގެ، ޔައުގޫބު އަބްދުﷲ އާއި ހ. ލެވެންޑްލީއާގެ، ހުސެއިން ޝާކިރު އާއި ހއ. ބާރަށު، ކުއްޅަވައްގެ، އަލީ ޖުމާން އާއި ނ. ވެލިދޫ، ޖަވާހިރުމާގެ، މުހައްމަދު ހަލަފް އިބްރާހިމް އަދި ބ. ކެންދޫ، ނޫހިރި، އާޒިމް އަލީ އެވެ. މީގެ ތެރެއިން ޔައުގޫބުއަކީ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރެވެ.
އެ މީހުންގެ ތެރެއިން ބަންދު ނުކޮށް ދޫކޮށްލީ މުހައްމަދު ހަލަފް އިބްރާހިމެވެ. އެނގިފައިވާ ގޮތުގައި، ޝަރުތު ކުރުމަށް ފަހު އޭނާ ދޫކޮށްލީ ކިޔަވާ ކުއްޖަކަށް ވާތީ އެވެ.
އޮކްޓޯބަރު 3 ގައި ބޭއްވި އެއްވުމުގެ ތެރެއިން އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ގެންދިޔަ ހުރިހާ އެންމެން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް ގޮވާލަން. ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް.
— Fayyaz Ismail (@faya_i) October 4, 2025
ސަރުކާރުން މުޅި ދައުލަތް ބޭނުންކޮށްގެން ދައްކަމުން ދިޔަ ބިރު… pic.twitter.com/bqYz9TGAng
ރޭގެ ނުވައެއް ޖެހިއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ފެށި އެމްޑީޕީގެ ބޮޑު އެއްވުން ހަމަނުޖެހުމަކަށް ބަދަލުވީ، މަޖީދީ މަގުން އެ މީހުންނަށް ނުދެވޭނެ ކަން ފުލުހުން އަންގާފައި ވަނިކޮށް، އެ މަގުން ދާން މަސައްކަތް ކުރުމުން ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އާޓިފިޝަލް ބީޗާ ދިމާލުން މަޖީދީ މަގު ބަންދުކޮށްގެން ފުލުހުން ތިއްބާ އެއްވުމުގެ ބައިވެރިން ފުލުހުންގެ ސަފު ފޫއަޅުވާލާފައި ދާން އުޅުމުން އެއްވުމުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގި އެވެ. އަދި އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުންކުރި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެއްވުން ކުރިއަށް ގެންދަން އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުމުގައި ހުއްދަ ދީފައި އޮތީ އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގަ އެވެ.
ފުލުހުން ރޭގެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. މުޒާހަރާ ރޫޅާލުމަށް ތޫނު އަޑު ފޮނުވާ ހަތިޔާރެއް ފުލުހުން ބޭނުންކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެލްއާރުއޭޑީ ކިޔާ އެ އާލާތް ބޭނުންކުރާނެ ގޮތުގެ އުސޫލެއް ފުލުހުން އާންމުކޮށްފައިވާކަން ވެސް އެނގޭކަށް ނެތެވެ.
ރޭގެ މުޒާހަރާގައި ފުލުހުން އެ ހަތިޔާރު ބޭނުންކުރި ސަބަބެއް ފުލުހުން އަދި ސާފުކޮށެއް ނުދެ އެވެ.
ނޮވެމްބަރު 17 ގައި އެމްޑީޕީ އަނެއްކާވެސް މުޒާހަރާއަށް
ތޫނު އަޑު ފޮނުވާ ހަތިޔާރެއް ބޭނުންކުރުމުން ކަންބޮޑުވުން
ސިޔާސީ ބަދަލު އަންނަން ޖެހޭނީ ވޯޓުން: ޕީއެންސީ
އެމްޑީޕީން ބުނީ ރޭ ބޭއްވީ ސުލްހަވެރި އެއްވުމެއް ކަމަށް
އެމްޑީޕީގެ ބޮޑު އެއްވުމަށް ބައެއް މަގުތައް ބަންދު
ސިފައިން، ފުލުހުންގެ އިސްވެރިންގެ ހާއްސަ ބައްދަލުވުމެއް
އެމްޑީޕީން ބުނީ، ފުލުހުން ހެދީ ދޮގެއް ކަމަށް!
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
އިދިކޮޅު ޖަލްސާއަށް ފުލުހުން މަގު ބަންދެއް ނުކޮށްދިން
އިދިކޮޅު ޖަލްސާއަށް ފަނޑިޔާރުމަގު ބަންދުކޮށްދޭން އެދެފި