ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ޓީޗަރުން ވާންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
05 އޮކްޓޯބަރ 2025
ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ޓީޗަރުން ވާންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ޓީޗަރުން ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަކީ ގައުމު ބިނާކުރުމުގެ މޭސްތިރިންކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ހުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ ވެސް ޓީޗަރުން ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ޝިއާރުގައި ފާހަގަކޮށްފައިވާ ފަދައިން ޓީޗަރުންނަކީ ގުޅިގެން މަސައްކަތްކޮށް، ކިޔަވައިދިނުމުގެ ފަންނު އިތުރަށް ކުރިއަރުވައި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ޓީޗަރު ކަމުގެ ފަންނު އިތުރަށް ކުރިއަރުވައި އުގަންނައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ. ތިޔަ ބޭފުޅުންނާ އެކު އަޅުގަނޑުމެން މި ތިބީ. ތިޔަ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްލަދީ ތިޔަ ބޭފުޅުންގެ ގާބިލުކަން އިތުރުކޮށްލަދީ ކުރިން މި ދެންނެވި ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާއެކު ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު ޓީޗަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް،" އިސްމާއިލް ވިދާޅުވި އެވެ.
މިއަދުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ހުރިހާ ޓީޗަރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ގައުމީ ދިދަ މާދަމާ އުފުލާނެ އަޒުމް ވަރުގަދަ އަދި ހިތްވަރު ހުރި މޮޅެތި ކުދިން މިއަދު ތިބީ ސްކޫލްތަކުގަ އެވެ. ދިވެހިން އެދޭ ފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެ ކުދިން ތަރުބިއްޔަތު ވާނީ ޓީޗަރުން މިއަދު ދިން އިރުޝާދަކާއި ތައުލީމަކާއި އޯގާތެރި ކަމަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގައި ގިނަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންދެ އެވެ.
އައިޔޫއެމް، ވިލާ ކޮލެޖާ ގުޅިގެން ސެން ޓީޗިން ކޯހެއް
ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ޓީޗަރުން ލިބުމުގެ ދަތިކަން އަދިވެސް އެބައޮތް:މިނިސްޓަރު
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ގޮއިދޫ އިނގިރޭސި ޓީޗަރު ބްލެކް ލިސްޓުކޮށް ފޮނުވާލަނީ
ޓީޗަރުންގެ ދުވަހަށް ފައިސާ ނުނަގަން އަންގައިފި
ދޭންވީ އަގުބޮޑެތި ހަދިޔާއެއް ނޫން، އިހުތިރާމް!
"ޓީޗަރުންގެ ބުރަ ތަޖުރިބާކުރެވި ޝަރަފު ދެވިއްޖެ"
ސްކޫލުތައް ފަޅަށް، ޓީޗަރުންނަށް ބުރަ!
ޓީޗަރުންނަށް ބެލެނިވެރިންގެ ޝުކުރު މާމެލާމެލިން