ސެން ސެބާސްޓިއަން (ނޮވެމްބަރު 11) – ރޮބަޓް ލެވަންޑޯސްކީގެ ބޫޓުން މިލިމީޓަރެއްހާ ކުޑަކުޑަ ތަންކޮޅެއް އޮފްސައިޑްވެ، ބާސެލޯނާ ބަލިވެއްޖެ އެވެ.
11 ނޮވެމްބަރ 2024
ސެން ސެބާސްޓިއަން (ނޮވެމްބަރު 11) – ރޮބަޓް ލެވަންޑޯސްކީގެ ބޫޓުން މިލިމީޓަރެއްހާ ކުޑަކުޑަ ތަންކޮޅެއް އޮފްސައިޑްވެ، ބާސެލޯނާ ބަލިވެއްޖެ އެވެ.
ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި، ބާސާ އަށް ލީޑް ނެގުނުކަމަށް ހީކޮށް އެ ޓީމުން އުފާފާޅު ކުރި އެވެ. ލަ-ރެއާލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 14 ވަނަ މިނެޓްގައި ލެވަންޑޯސްކީ ލަނޑު ޖެހި ނަމަވެސް، އެ ލަނޑު ބަލައި ނުގަތީ ސެމީ އެޓޮމެޓިކް ސިސްޓަމުންނެވެ. އެ ސިސްޓަމުން ދެއްކީ ލެވަންޑޯސްކީ އޮފްސައިޑް ވެފައިވާ ކަމަށެވެ.
ފަހުން ވީޑިއޯ އެސިސްޓެންޓް ރެފްރީ ޓެކޮނޮލޮޖީ މެދުވެރިކޮށް ބެލުމުން އެނގުނީ އޮފްސައިޑް ވެފައި ވަނީ އޭނާގެ ބޫޓުން މިލިމީޓަރެއްހާ ކުޑަކުޑަތަންކޮޅެއް ކަމަށެވެ. އެއީ ގާތްގަނޑަކަށް ބޫޓުގެ ކުރިން ނިޔަފައްޗެއް ވަރުގެ ކުޑަކުޑަ ތަންކޮޅެކެވެ. ރެފްރީ ނިންމީ އެ ލަނޑު ގަބޫލުނުކޮށް ކުރިއަށްދާށެވެ.
ބާސާ އަށް ގޯލާ އަމާޒުކޮށް ސައްހަ އެންމެ ހަމަލާއެއް ވެސް ފޮނުވައި ނުލެވުނެވެ. ކުޅިވަރުގެ ޑޭޓާބޭސް ބަލަހައްޓާ އޮޕްޓާއިން ބުނީ އެއީ 10 އަހަރުތެރޭ ލަލީގާގެ މެޗެއްގައި ބާސާ އަށް ގޯލަށް އަމާޒުކޮށް ސައްހަ ހަމަލާއެއް ފޮނުވާނުލެވުނު ފުރަތަމަ މެޗު ކަމަށެވެ.
މެޗުގައި އެޑްވާންޓޭޖް ނެގީ ސޮސިއެޑާޑުންނެވެ. އެ ޓީމުގެ ލަނޑު 33 ވަނަ މިނެޓްގައި ޝެރާލްޑޯ ބެކާ ޖެހީ ލޫކަ ސޫޗިޗް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ދެވަނައިގައި އޮތް ރެއާލް މެޑްރިޑްގެ މައްޗަށް ނުވަ ޕޮއިންޓްގެ ލިޑެއް ނެގެން އޮތް ފުރުސަތު ބާސާ އަށް ގެއްލުމުން، އެ ޓީމުގެ ކޯޗު ހެންސީ ފްލިކް ހުރީ ހިތްހަމަނުޖެހިފަ އެވެ. އޭނާ އެންމެ ބޮޑަށް ނުތަނަވަސް ވީ، ލެވަންޑޯސްކީގެ ގޯލް ބަލައި ނުގަންނަން ރެފްރީ ނިންމުމުންނެވެ.
ފްލިކް ބުނީ އެއީ ސައްހަ ގޯލެއް ކަމަށެވެ. އެއީ ސައްހަ ގޯލެއް ނޫންކަން ރެފްރީ ނިންމީ ގޯސްކޮށް ކަމަށް އޭނާ ބުންޏެވެ.
"އެ މަންޒަރުގެ ފޮޓޯ އަހަރެން ދުށިން. އެއީ ސައްހަ ގޯލެއް. ރެފްރީގެ ނިންމުން ގޯސް. އެކަން ވަރަށް ސާފުކޮށް އެނގޭ. އެއީ ސައްހަ ވާން ޖެހޭނެ ލަނޑެއް،" ފްލިކް ބުންޏެވެ.
-
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ވީއޭއާރްގެ އެހީގައި މޮޅުވެ ރެއާލުން ތައްޓާ ކައިރިއަށް
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"
ލަލީގާ މެޗުތައް ވަގަށް ދެއްކުމުން 32 މިލިއަން ޑޮލަރު
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް