އއ. މާޅޮހުގައި މަރާލި އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
14 ޑިސެމްބަރ 2025
އއ. މާޅޮހުގައި މަރާލި އަބްދުއްރަހްމާން އާދަމްގެ މަރުގެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
މިދިޔަ ޖުލައި މަހުގެ ރެއެއްގެ ދަންވަރުގެ ވަގުތެއްގައި އަބްދުއްރަހްމާން އޭނާ ދިރިއުޅުނު ގޭގައި ނިދާފައި އޮއްވާ އެ ގެއަށް ބަޔަކު ވަގަށް ވަދެ ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މާޅޮހު ފިޔަ، އަހުމަދު އާޝިދާއި އެ ރަށު ލިލީފެހި މުހައްމަދު ވިސާމާއި އެ ރަށު ފިނިވާގޭ އަހުމަދު ފާރިސްގެ މައްޗަށެވެ.
އޭގެ ތެރެއިން އާޝިދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާއިރު، ވިސާމާއި ފާރިސްގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުވާލިބޭ މީހުންނަށް ލިބިގެންވާ ހައްގުތައް ބަޔާންކޮށް ދިނުމަށް ފަހު، އެ މައްސަލާގެ ލިޔުންތައް ލިބިފައިވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ސުވާލު ކުރެއްވި އެވެ.
އެ ތިން މީހުންގެ ވަކީލް ވިދާޅުވީ ބައެއް ލިޔުންތައް މަދު ކަމަށް ފާހަގަވާ ކަމަށެވެ. އަދި ދައުލަތުން ވެސް ބުނީ ޑީއެންއޭ ރިޕޯޓާއި ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުންދާތީ އެ ރިޕޯޓް މިހާތަނަށް ނުލިބޭ ކަމަށެވެ.
އެހެންވެ، ދިފާއީ ވަކީލަށް ގާޒީ އެންގެވީ މަދުވާ ލިޔުންތައް ހޯދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފަސް ދުވަސް ތެރޭގައި ހުށަހެޅުމަށެވެ. އަދި ނުދެވޭނެ ލިޔުމެއް އޮތް ނަމަ ދައުލަތުން އެކަން ސަބަބާ އެކު އަންގަން ޖެހޭނެ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ.
ގާޒީ ޝަފީއު ވިދާޅުވީ ބައެއް ބޮޑެތި މައްސަލަތަކުގައި ވެސް ކޯޓުން މައްސަލަ ނިމިގެން ދާއިރު ވެސް ބައެއް ރިޕޯޓްތައް ނުލިބި ހުންނަކަން ފާހަގަވާ ކަމަށެވެ. އެކަމުގެ ކަންބޮޑުވުން ކުރިން ވެސް އެކި އަޑުއެހުންތަކުގައި ހިއްސާ ކުރައްވާފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ދައުވާލިބޭ ތިން މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ވާތީ ދިފާއީ ވަކީލް އެކަން ފާހަގަ ކުރައްވައި، ގާނޫނުގައިވާ ގޮތަށް އެ މީހުން ރިމާންޑް ޖަލަކަށް ބަދަލުކުރަން އަމުރުކުރަން އެދިވަޑައިގަތެވެ. އެހެންވެ، ގާޒީ ވިދާޅުވީ އެގޮތަށް ކޯޓުން އަންގާނެ ކަމަށެވެ.
އެ މައްސަލާގެ ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދަވާނީ ލިޔުންތައް ލިބުމުން ކަމަށާއި އަދި މިމަހުގެ ފަހުކޮޅު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ރަށަށް ބަޔަކު އަރައި މަރާލީ ކަމުގެ ޝައްކު ބޮޑުވެއްޖެ!
މާޅޮހުގެ މަރު:ރަށުގެ ހުރަސް މަގު އަތިރިފަޅި ފާސްކުރަނީ
މިރަށުން ކުރާ ޒާތުގެ ކަމެއް ނޫން، ސަބަބެއް ވެސް ނެތް
އަންހެނުންނަށް ފެނުނީ އަބްދުއްރަހްމާން މަރަށް ތެޅެނިކޮށް
އާގިލްގެ މަރު: އެކެއްގެ މައްޗަށް މަރުގެ ހުކުމް
އުދައްޔުގެ މަރު:ސަލާމަތްވި މީހާގެ މައްސަލަ ހައި ކޯޓަށް