ކުޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިއްބާ ޕްރެޒެންޓަރު ނާފިއު ރަޝީދާއި އިތުރު ބަޔަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ކުޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިއްބާ ޕްރެޒެންޓަރު ނާފިއު ރަޝީދާއި އިތުރު ބަޔަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ނަހަމަ ގޮތުގައި ކުޑަކުދިންތަކެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި ހަތަރު މީހަކު މާލެއިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ވ. ރަކީދޫ، ސިލްވަސްޓާ، ނާފިއު، 39، އަކީ ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ވީޓީވީގައި ވެސް ކުރިން މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ. އޭނާ ވަނީ ކުޅިވަރާއި އެހެން ދާއިރާތަކުގެ އިވެންޓުތައް ވެސް ހޮސްޓުކޮށްދީފަ އެވެ.
އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރީ މ. އެތުމާ، އަލީ އަޝްރަފް، 35، އާއި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހްމަދު، 33، އަދި ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު، 41، އެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހުގަ އެވެ. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް އެތަނުން ފެނިފައިވެ އެވެ.
ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރުގެ ފިރިހެން ކުއްޖަކާއި 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.
ތަހުގީގުކުރަމުން އަންނަ އެ މައްސަލާގައި ތުހުމަތުކުރެވޭ އެ ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ކުށްކުރުން އަނެއްކާވެސް އިތުރުވެއްޖެ
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ފުރަން އުޅެނިކޮށް ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް
މައްސަލަ ބަލަން ސަނީ އުމަރު ފުލުހަށް ހާޒިރުކޮށްފި
ހިޔާ ފްލެޓެއްގައި ހަށިވިއްކި ބަޔަކު ހައްޔަރު
ސަނީ އުމަރުގެ މައްސަލަ އާއިލާގެ ފަރާތުން ޕޮލިހަށް
ޑްރަގް އޮޕަރޭޝަނުން 180،000 އަށްވުރެ ގިނަ ރުފިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ބޮޑު އޮޕަރޭޝަންގައި އަތުލައިގަތީ 29 ކިލޯގެ ޑްރަގް
ބޮޑު އޮޕަރޭޝަނުން ހައްޔަރުކުރި މީހުންގެ ތަފްސީލެއް ނެތް