Roadha Mihaaru
ރާއްޖޭގައި ކުށްކުރުން އަނެއްކާވެސް އިތުރުވެއްޖެ

ރާއްޖޭގައި ކުށްކުރުން އަނެއްކާ ވެސް އިތުރުވެއްޖެ

10 ނޮވެމްބަރ 2020

މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ފުލުހުންނަށް ހުށަހެޅި ކުށުގެ އަދަދު ދެވަނަ ކުއާޓަރުގައި މަދުވުމަށް ފަހު، އަނެއްކާ ވެސް އިތުރު ވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، ފުލުހުންނަށް ހުށަހެޅި ކުށުގެ އަދަދު ދެވަނަ ކުއާޓަރުގައި މަދުވުމަށް ފަހު، އަނެއްކާ ވެސް އިތުރު ވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު (ޖެނުއަރީން މާޗު މަހުގެ ނިޔަލަށް) އެކި ބާވަތުގެ ޖުމުލަ 3،380 މައްސަލަ ހުށަހަޅާފައި ވެ އެވެ. އެކަމަކު ދެވަނަ ކުއާޓަރުގައި (އޭޕްރީލް އިން ޖޫން މަހުގެ ނިޔަލަށް) ރިޕޯޓު ކޮށްފައި އޮތީ 1،331 މައްސަލަ އެވެ.

ނަމަވެސް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ފުލުހުންނަށް ހުށަހެޅި މަައްސަލަތަކުގެ އަދަދު އިތުރުވެ، ޖުމުލަ މައްސަލަތަކުގެ އަދަދު 2،171 އަށް އަރާފައި ވެ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ތިން ކުއާޓަރުގައި ވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނަ އަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ދެވަނަ އަދި ތިން ވަނަ އަށް އެންމެ ގިނައީ މީހުންނަށް ހަމަލަ ދިނުމުގެ މައްސަލަތަކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުށަހެޅި މައްސަލަތަކަށް ބަލާއިރު، މީހުންނަށް ހަމަލަ ދިނުމުގެ ކުށްތަކަށް ވުރެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ޓްރެފިކް ގަވައިދާ ހިލާފުވުމުގެ މައްސަލަތަލެވެ.

ތިން ކުއާޓަރުގައި ވެސް އެންމެ ގިނައީ ވައްކަން ކަމަށް ވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 1،131 ވައްކަން ރިޕޯޓު ކޮށްފައިވެ އެވެ. އެ އަދަދު ދެވަނަ ކުއާޓަރުގައި 566 އަށް ދަށްވެ، ފަހު ކުއާޓަރުގައި އަނެއްކާވެސް ވަަނީ 893 އަށް އިތުރުވެފަ އެވެ.

ދެވަނަ އަށް އެންމެ ގިނައިިން ރިޕޯޓު ކޮށްފައިވާ ޑްރަގްގެ މައްސަލަތަކުގެ އަދަދު ފުރަތަމަ ކުއާޓަރުގައި ހުރީ 400 އަށް ވުރެ މަތީގަ އެވެ. ދެވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 291 އަށް ދަަށްވެފަ އެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުގައި ޑްރަގްގެ މައްސަލަތައް އަނެއްކާ ވެސް އިތުރުވެ 340 އަށް ވަނީ އަރައިފަ އެވެ.

ތަަފާސްހިސާބުތައް ދައްކާ ގޮތުން ކުށްކުރުން އެންމެ ގިނައީ ސިޓީތަކުގަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަަރުގައި ރާއްޖޭގައި ކުރި ކުށްތަކުގެ 74 ޕަސެންޓަކީ މާލެ ސަރަަހައްއްދުގައި ކޮށްްފައިވާ ކުށްތަކެވެ. ދެވަނަ ކުއާޓަރުގައި އެ ނިސްބަތް ހުރީ 62 ޕަސެންޓުގަ އެވެ. އަދި ތިންވަނަ ކުއާޓަރުގައި ރިޕޯޓްކުރި ކުށްތަކުގެ 70 ޕަސެންޓަކީ މާލެ ސަރަހައްދުގައި ކޮށްފައިވާ ކުށްތަކެވެ.