މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ކުޑަކުދިންނަށް ހާއްސަކޮށް އައި ކެއާ އިން ހުޅުވާލި ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
07 އޮކްޓޯބަރ 2025
މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް ކުޑަކުދިންނަށް ހާއްސަކޮށް އައި ކެއާ އިން ހުޅުވާލި ކުރެހުމުގެ މުބާރާތަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެ މުބާރާތަށް ކުރެހުން ހުށަހަޅަން ހުޅުވާލާފައިވަނީ ލޮލުގެ ފެނުމާއި ދުވަހުގެ ތީމާ ގުޅޭ ދެ ދާއިރާއަކުންނެވެ. އެއީ ލޯ ދެކެ ލޯބިވުން މާނަކުރާ ގޮތާއި ލޮލުގެ ދުޅަހެޔޮކަމާއި މީހުންނާ އޮތް ގުޅުމެވެ.
ލޯ ދެކެ ލޯބިވުން މާނަކޮށް އެ މުބާރާތަށް ކުރަހާ ކުރެހުންތަކަކީ ލޮލުގެ ޓެސްޓުތައް ގަވާއިދުން ބެލެހެއްޓުމުގެ މުހިންމު ކަމާއި ސެލްފްކެއާގެ ދަށުން ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވެން ހުރި ކަންތައްތަކަށް ހިތްވަރުދޭ ކުރެހުންތަކަކަށް ވާންވާނެ އެވެ.
ލޮލުގެ ދުޅަހެޔޮކަމާއި މީހުންނާ އޮތް ގުޅުން ދައްކައިދޭ ކުރެހުންތަކަކީ އާއިލާތަކާއި މުޖުތަމައުން ލޮލުގެ ފެނުމުގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ދައްކައިދޭ ކުރެހުންތަކަކަށް ވާން ޖެހެ އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެ މުބާރާތުގައި އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ކުރެހުން ހުށަހެޅޭނެ އެވެ. އެ މުބާރާތަށް އޭ4 ސައިޒުގެ ކަރުދާހުގައި ނުވަތަ ކެންވަހުގައި ކުރެހުން ހުށަހެޅޭނެ އެވެ. އަދި އަތުން ކުރަހާފައިވާ ކުރެހުންތަކާއި ޕެއިންޓް ކޮށްފައިވާ ކުރެހުންތައް ވެސް ހުށަހެޅޭނެ އެވެ.
މާލޭގައި އުޅޭ ކުދިން ނަމަ ކުރެހުންތައް ހުށަހަޅަން ޖެހޭނީ މާލޭގައި ހުންނަ އައިކެއާގެ މައި އިމާރާތުގައި ހުންނަ އޮފީހަށެވެ. މި މުބާރާތަށް ރަށްރަށުން ކުރެހުންތައް ހުށަހެޅުމަށް ކުރެހުމުގެ ސާފު ފޮޓޮއެއް ނުވަތަ ސްކޭނެއް [email protected] އަށް މެއިލްކޮށްގެން ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއާގެ އައުޓްލެޓަކަށް ހުށައަޅައިގެން ބައިވެރިވެވޭނެ އެވެ.
މުބާރާތަށް ކުރެހުން ހުށަހަޅާއިރު، ކުއްޖާގެ ފުރިހަމަ ނަމާއި އުމުރާއި އުފަން ތާރީހުގެ އިތުރުން އައިޑީކާޑުގެ ކޮޕީއެއް ބޭނުން ވާނެ އެވެ. އަދި ސްކޫލްގެ ނަމާއި ގްރޭޑާއި ބެލެނިވެރިއާއަށް ގުޅޭނެ ފޯނު ނަމްބަރަކާއި އީމެއިލް އެޑްރެހުގެ އިތުރުން ކުރެހުމަށް ހިޔާރު ކުރި ތީމް ހިމަނަން ޖެހެ އެވެ.
އެ މުބާރާތުގެ ވަނަތަކަށް ދާ ކުރެހުންތައް ހޮވާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި މުބާރާތަށް ހުށަހަޅާ ހުރިހާ ކުރެހުންތައް އައިކެއާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޕޯސްޓުކޮށް އާއްމުންގެ ވޯޓުގެ ގޮތުގައި ޕޯސްޓަށް ލައިކު ދޭން ހުޅުވާލާނެ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ ޕޯސްޓުތައް ބައިނަލްއަގުވާމީ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން އާޓިފިޝަލް ބީޗުގައި ބާއްވާ ހަރަކާތުގައި ޑިސްޕްލޭކޮށް، އެ ތަނަށް ޒިޔާރަތްކުރާ މީހުންނަށް ވޯޓު ދޭން ހުޅުވައިލާނެ އެވެ. އެންމެ ގިނަ ވޯޓު ލިބޭ ތިން ކުރެހުން އެ ހަރަކާތުގައި އިއުލާނު ކުރާނެ އެވެ.
އެ މުބާރާތުގެ އެއް ވަނަ އިނާމަކަށް އަށް ހުށަހަޅާފައިވަނީ 5،000ރ. އެވެ. ދެވަނަ އަށް 3،000ރ. ހުށަހަޅާފައިވާއިރު ތިން ވަނައަށް ހުށަހަޅާފައިވަނީ 2،000ރ. އެވެ. މުބާރާތުގެ ޝޯޓްލިސްޓުވާ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ލިބޭނެ އެވެ.
މި އަހަރުގެ ބައިނަލްއަގުވާމީ ފެނުމުގެ ދުވަހުގެ ތީމަކީ "ލަވް ޔޯ އައިޒް - ޕުޓިން ޕީޕަލް އެޓް ދަ ހާޓް އޮފް އައި ހެލްތު" އެވެ. އައިކެއާއިން ކޮންމެ އަހަރުގެ ވެސް ލޮލުގެ ފެނުމުގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެ އެވެ.
އައިކެއާގެ ވޯލްޑް ސައިޓް ޑޭގެ ހަރަކާތް މާދަމާ
އައިކެއާއިން އަހަރީ ދުވަހަށް ހާއްސަ އޮފާތަކެއް
ލޮލުގެ ފަރުވާތައް ދިނުމުގައި އައިކެއާ ދެވަނައެއް ނެތް!
އައިކެއާއިން ރޯދަ އުމްރާ ދަތުރެއް ދެނީ!
ރާއްޖެއަށް އާ ސާޖަރީއެއް އައިކެއާއިން ކާމިޔާބުކޮށްފި
ފެނުމުގެ ދުވަހަށް އައިކެއާގެ ކުރެހުމުގެ މުބާރާތެއް!
އައިކެއާ އޮޕްޓިކަލްސް އިން މެލޭޝިއާ ދަތުރެއް ދެނީ!
ވިޓްރޯރެޓިނަލް އަދި ކެޓަރެކްޓް ސާޖަނެއް އައިކެއާއަށް!
އައިކެއާ އިން ހއ. ގައި ލޯ ސްކްރީން ކޮށްދީފި
ސްކޫލް ބަންދާ ދިމާކޮށް އައިކެއާއިން ހާއްސަ ޑިސްކައުންޓު