Roadha Mihaaru

އައިކެއާ އޮޕްޓިކަލްސް އިން ދެ މީހަކަށް މެލޭޝިއާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް

އައިކެއާ އޮޕްޓިކަލްސްއިން ދެ މީހަކަށް ތިން ދުވަހުގެ މެލޭޝިއާ ދަތުރެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިކެއާ އޮޕްޓިކަލްސް އިން މެލޭޝިއާ ދަތުރެއް ދެނީ!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

21 ސެޕްޓެމްބަރ 2025

އައިކެއާ އޮޕްޓިކަލްސްއިން ދެ މީހަކަށް ތިން ދުވަހުގެ މެލޭޝިއާ ދަތުރެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދު އައިކެއާގައި ފެށި މި ޕްރޮމޯޝަނުގައި މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އައިކެއާއިން ހައްދާ ކޮންމެ ނަންބަރު އައިނަކަށް 1،000ރ. ގެ ޑިސްކައުންޓް ވައުޗަރެއް ލިބޭނެ އެވެ. އަދި އައިނު ގަންނަން އެ ވައުޗަރު ބޭނުންކުރުމުން، މެލޭޝިއާ ދަތުރުގެ ލަކީޑްރޯގައި އޮޓޮމެޓިކުން ބައިވެރިވެވޭނެ އެވެ.

އައިކެއާގެ ޕްރޮމޯޝަނުގެ މައުލޫމާތު ހިމެނޭ ފޭސްބުކް ޕޯސްޓެއް.

މި ޕްރޮމޯޝަނުގެ ދަށުން އައިނު ހައްދާ ފަރާތްތަކަށް ބޯނަހެއްގެ ގޮތުގައި 500ރ. ގިފްޓް ވައުޗަރެއް ވެސް ލިބޭނެ އެވެ. ދެ ހަފުތާގެ މުއްދަތެއްގައި ބޭނުން ކުރެވޭ އެ ވައުޗަރަކީ ބޭނުންނަމަ އެހެން މީހަކަށް ހަދިޔާ ކުރުމުން އެ މީހަކަށް ވެސް ބޭނުން ކުރެވޭނެ ވައުޗަރެކެވެ.

މި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މެލޭޝިއާ ދަތުރަށް ދެކޮޅު ޓިކެޓާއި ހޮޓަލެއްގައި ތިން ދުވަހަށް ތިބުމުގެ ހަރަދާއި އިތުރު ހަރަދުތަކަށް 500 ޑޮލަރު ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްކޫލް ޗުއްޓީއާ ދިމާކޮށް އައިކެއާއިން ފެށި މި ޕްރޮމޯޝަން އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއަށް ދާނެ އެވެ.