ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިބި މެންބަރުންގެ ދައުރު ނިމެން ދެ މަހަށް ވެފައި އޮތަސް އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ނިޒާމު ހިނގާ ގޮތް ބައްލަވަން ޝައުގުވެރިވެވަަޑައިގަންނަވާތީ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
07 އޮކްޓޯބަރ 2025
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިބި މެންބަރުންގެ ދައުރު ނިމެން ދެ މަހަށް ވެފައި އޮތަސް އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ނިޒާމު ހިނގާ ގޮތް ބައްލަވަން ޝައުގުވެރިވެވަަޑައިގަންނަވާތީ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅުންނާ އިންޓަވިއު ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހާޒް ވިދާޅުވީ ޓެކުހުގެ މައްސަލަތަކަކީ އޭނާއަށް އުނދަގޫ މައްސަތަކެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުން މިހައިތަނަށް ނިންމި ޓެކުހާ ގުޅޭ ގިނަ މައްސަލަތައް ނިންމަވާފައި ވާނީ އޭނާ ކަމަށް ވެސް މަހާޒް ވިދާޅުވި އެވެ.
"އެ ހުރިހާ ކަންތައްތައްތަކަށް ބަލާ އިރު އަނެއްހެން އުނދަގޫ ކަންތައްތަކެއް ނޫން [ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މައްސަލަތަކަކީ] އެހެންވީމާ ދެމަސް ދުވަހެއް ނޫން، އެއްމަސް ދުވަހު [ވިޔަސް] އަޅުގަނޑު ހިތަށް އެރީ ހަމަ ތަޖުރިބާކޮށްލަން ރަނގަޅު ފުރުސަތެކޭ މި ނިޒާމު ހިނގާ ގޮތް ބަލައިލަން،" މަހާޒް ވިދާޅުވި އެވެ.
މަހާޒް ވިދާޅުވި ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އޭނާ ކުރިމަތިލެއްވީ ހަތަރު ވަނަ ފަހަރަށް އިއުލާނު ކުރުމުންނެވެ.
"އަޅުގަނޑު ސުޕްރީމް ކޯޓުގެ ވަޒީފާ އަދާކުރި އިރު ވެސް އަބަދުވެސް ކުރާ ކަމެއް އެއީ ސަރުކާރުގެ ގެޒެޓްގައި ހުންނަ އިއުލާނުތަކާ އެއްޗިހި ދާއިމީ ގޮތެއްގައި ބެލުމަކީ. ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިއުލާނުކޮށްފައި، އަޅުގަނޑު ހަނދާންވަނީ ހަތަރުވަނަ އިއުލާނަށް ކަންނޭނގެ އަޅުގަނޑު މި އެޕްލައިކުރީ އިއުލާނު ފެނުނީމާ ފުރަތަމަ އަަޅުގަނޑު ހިތަށް އެރީ މީހަކު ނުވެގެންބާއޭ މި އުޅެނީ،" މަހާޒް ވިދާޅުވި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިތިލައްވަން ޝައުގުވެރިވި ގޮތާ ބެހޭ ގޮތުން މަހާޒާ ސުވާލުކުރެއްވީ ޖުޑީޝަރީ ކޮމިޓީގައި އިންނަވާ ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދެވެ. ސުވާލު ފައްޓަވަމުން ޝާހިދު ފާހަގަކުރެެއްވީ އެ މަގާމަކީ ދެމަސް ދުވަހުގެ ތެރޭގައި މުއްދަތު ހަމަވާ މަގާމެއް ކަމެވެ.
"ކިހިނެތްތޯ މިކަމަށް މި ޝައުގުވެރިކަން އުފެދިގެން މިއައީ؟ އެންމެ ދެ މަސްދުވަހުގެ ވަޒީފާއެއް އަދާކުރުމަށް ޓަކައި؟" މަހާޒް އާ ކުރެއްވި ސުވާލުގައި ޝާހިދު.ވިދާޅުވި އެވެ.
އެ ސުވާލު ކުރިމަތިކުރުމުގެ ކުރިން ތައާރަފްގައި މަހާޒް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ފަހުން އޭނާ ކުރައްވަމުން ގެންދަވަނީ ގާނޫނީ ދާއިރާގެ އަމިއްލަ މަސައްކަތެވެ.
ޓެކްސް ޓްރައިބިއުނަލްގެ މެންބަރުކަމުގެ ދެ މަގާމެއް ހުސްވުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. އެއީ އޭގެ ތެރެއިން ދެ ބޭފުޅަކަށް މަޖިލީހުން ރުހުން ހޯއްދެވުމަށެވެ. ރައީސް ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީ މަހާޒްގެ ނަމެވެ.
އެންމެ މަތިން މާކްސް ލިބުނު މަހާޒަށް ރުހުމެއް ނުދިން
ކޮމިޓީން އެންމެ ގިނަ މާކްސް ދިނީ މަހާޒަށް
އެއްދުވަހު ކަމުނުދާ ލީޑަރު އަނެއްދުވަހު ކަމުހިނގައިދާނެ
ރައީސް އިސްކަން ދެއްވި ލިސްޓުގެ ކުރީގައި މަހާޒު
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި
ފަނޑިޔާރުންގެ މައްސަލަ ގާނޫނާ ހިލާފު: ފިލްޒާ