ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ހުޅުވިތާ ތިން މަސް ފަހުން އެ ތަން މިދިޔަ ހަފުތާގެ ބުދަ ދުވަހު އެނިމަލް ވެލްފެއާ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލުން ހަވާލު ކުރުމާ އެކު، ބުޅާތައް ގެންދަން ފަށައިފި އެވެ.
28 ފެބުރުއަރީ 2025
ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާ ހުޅުވިތާ ތިން މަސް ފަހުން އެ ތަން މިދިޔަ ހަފުތާގެ ބުދަ ދުވަހު އެނިމަލް ވެލްފެއާ މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލުން ހަވާލު ކުރުމާ އެކު، ބުޅާތައް ގެންދަން ފަށައިފި އެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ވަކި ސެންޓަރެއް ހެދީ ސިޓީ ކައުންސިލުންނެވެ. އެކަމަކު، އެ ތަނަށް ބުޅާތައް ބަދަލުކުރަން ތައްޔާރުވެފައި ވަނިކޮށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމުން އޮޅު ހިޔާ ބޭނުން ނުކުރެވި ދިގުލައިގެން ދިޔަ އެވެ.
މަގުތަކުގައި އުޅޭ ބުޅާތައް އޮޅުހިޔާ އަށް ބަދަލުކުރަން ސިޓީ ކައުންސިލުން ފެށުމުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން އޭރު ވަނީ އެ ފެސިލިޓީގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވާ ކަމަށް ބުނެ، އެ މަސައްކަތް ވަގުތުން ހުއްޓާލަން ވެސް އަންގައިފަ އެވެ.
ނަމަވެސް، އެ ހިޔާގައި ހުރި ތަކެއްޗާ އެކު، އެނިމަލް ވެލްފެއާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން މިދިޔަ ބުދަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.
"އޮޅު ހިޔާ" ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓީމުން ވަނީ އައު ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައިއެވެ. އަދި މިހާތަނަށް، 15 ބުޅާ ވަނީ އެތަނަށް ގެނެވިފައެވެ. މިކަން ހާސިލް ކުރެވުނީ… pic.twitter.com/RWMxugvXfm
— Ministry of Agriculture and Animal Welfare (@MAAWmv) February 28, 2025
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ އޮޅު ހިޔާ ފެސިލިޓީއާ ރަސްމީކޮށް ހަވާލުވިތާ 16 ގަޑިއިރުގެ ތެރޭގައި، އާ ކަރަންޓީނު ސަރަހައްދަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް 15 ބުޅާ ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ވަގުތު ބުޅާ ގެންދަނީ ވަކި ސަރަހައްދުތަކުން ކަމަށެވެ. މީހުންގެ އަތުން ބުޅާ ގެންދަން ފަހުން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ހިޔާގައި މި ވަގުތު ހަތަރު މީހުން މަސައްކަތްކުރެ އެވެ. އެއީ ޖަނަވާރުގެ ޑޮކްޓަރަކާއި އިދާރީ ތިން މުވައްޒަފުންނެވެ. ނަރުހުންނާއި އެހީތެރިކަން ދިނުމަށް ދެން އުޅޭނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ބައެކެވެ.
ސިޓީ ކައުންސިލުން ކުރިން ނިންމާފައި އޮތީ މާލޭގައި އުޅޭ 2،000-3،000 ބުޅާ، ފެސިލިޓީއަށް ގެންގޮސް ބަލަހައްޓާށެވެ.
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
ތިންމަސްފަހުން ބުޅާ ފެސިލިޓީއާ މިނިސްޓްރީން ހަވާލުވެއްޖެ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި
ބުޅާ ފެސިލިޓީ އަންނަ މަހު 2 ގައި ހުޅުވަނީ
ބުޅާ ފެސިލިޓީއަށް ޑޮކްޓަރަކާއި ނަރުހުން ހޯދަނީ
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ބުޅާ ފެސިލިޓީގެ ބިންގާ އަޅައިފި