އުރީދޫން މިއަހަރު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިނުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދީ، ބޮޑު އިނާމަކަށް ހައްޖު ދަތުރު ދޭ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
12 އޮކްޓޯބަރ 2025
އުރީދޫން މިއަހަރު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިނުން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދީ، ބޮޑު އިނާމަކަށް ހައްޖު ދަތުރު ދޭ ޕްރޮމޯޝަނުގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވޭނެ ކަމަށް އުރީދޫން ބުނެފި އެވެ.
ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި މިހާތަނަށް 8 ކަސްޓަމަރުންނަށް އުމްރާ ދަތުރު ވަނީ ދީފަ އެވެ. އަދި ބާކީ ހުރި އުމްރާ ދަތުރުގެ ގުރުއަތުތައް ކޮންމެ 20 ދުވަހަކުން އުރީދޫން ކުރިއަށް ގެންދާނެ އެވެ.
އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރުގެ އެ ޕްރޮމޯޝަނުގައި އުރީދޫ މިހާރު ބޭނުން ކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރުކޮށްގެންނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ.
އުރީދޫގެ އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހަށް ހާއްސަކޮށް ލޯންޗުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އެގޮތުން އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީއާއެކު ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވެގެން ދިއުން ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން 19 އުމްރާ ދަތުރާއި ހައްޖު ދަތުރެއް ދެނީ
އުރީދޫގެ އުމްރާ ދަތުރުގެ 11ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫގެ އުމްރާ ދަތުރުގެ 10ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫގެ އުމްރާ ދަތުރުގެ ހަވަނަ ނަސީބުވެރިޔާ ހޮވައިފި
ޒުވާން ޝައިހު އާޒިމް އުމްރާ ގުރޫޕެއް ހައްދަވައިފި
އުރީދޫން ދޭ އުމްރާ ދަތުރުގެ 4 ނަސީބުވެރިން ހޮވައިފި
ހައްޖާއި އުމްރާގެ މައުލޫމާތު ފަސޭހައިން ލިބޭ އެޕެއް
އުރީދޫން ދޭ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
މިދިޔައަހަރު 18.5 މިލިއަން މީހުން ހައްޖާއި އުމްރާވި