އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ތެރެއިން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނުގެ 11 ވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.
19 ނޮވެމްބަރ 2025
އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ތެރެއިން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ދޭ ޕްރޮމޯޝަނުގެ 11 ވަނަ ނަސީބުވެރިޔާ ހޮވައިފި އެވެ.
އެ ޕްރޮމޯޝަނުގެ 11 ވަނަ ނަސީބުވެރިއަކަށް ހޮވުނީ މުއުތަސިމް ފަހުމީ އެވެ.
ޖުމްލަ 19 މީހަކަށް އުމްރާ ދަތުރު ލިބޭ އެ ޕްރޮމޯޝަނުގައި ބާކީ ނުވަ ނަސީބުވެރިން ކޮންމެ 20 ދުވަހަކުން ހޮވަމުން ގެންދާނެ އެވެ. އެ ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ އެއް ކަސްޓަމަރަކަށް ލިބޭ ދެ މީހެއްގެ ހައްޖު ދަތުރެކެވެ.
އުރީދޫން ދޭ ހައްޖާއި އުމްރާ ދަތުރު ޕްރޮމޯޝަނުގައި، އުރީދޫ މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400ރ. އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކުރުމުންނެވެ.
އުރީދޫގެ މި ޕްރޮމޯޝަނުގައި ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫން ބުނީ، އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އުރީދޫ ކަނެކްޓިވިޓީއާ އެކު، ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވުން ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫގެ އުމްރާ ދަތުރުގެ 10ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫގެ ހައްޖު ދަތުރުގެ ފުރުސަތު އާ ކަސްޓަމަރުންނަށް
އުރީދޫގެ އުމްރާ ދަތުރުގެ 7 ވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫގެ އުމްރާ ދަތުރުގެ ހަވަނަ ނަސީބުވެރިޔާ ހޮވައިފި
އުރީދޫން ދޭ އުމްރާ ދަތުރުގެ 4 ނަސީބުވެރިން ހޮވައިފި
އުރީދޫން ދޭ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
އުރީދޫން 19 އުމްރާ ދަތުރާއި ހައްޖު ދަތުރެއް ދެނީ
އުރީދޫގެ ދީނީ ކުއިޒުން އުމްރާ ދަތުރެއް!
ތޫފާނު އެރި ގައުމުތަކަށް އެމްފައިސާއިން ފައިސާ ފޮނުވޭނެ
އުރީދޫ ކަލަންޑަރުން ކުއްޅަވަށްފަލު ރަނިންނާ ޗެޓްކުރެވޭނެ