28 މާޗް 2017
އަތުގައި މިޔަރު ދަތް އެޅީ ބާނާފައި އޮތް މިޔަރެއްގެ އަނގައިން ބުޅި ނައްޓަން އުޅެނިކޮށް ކަމަށް، ޒަހަމްވި އިއްޒަތު ހަސަން ބުނެފި އެވެ.
އަތުގައި މިޔަރު ދަތް އެޅީ ބާނާފައި އޮތް މިޔަރެއްގެ އަނގައިން ބުޅި ނައްޓަން އުޅެނިކޮށް ކަމަށް، ޒަހަމްވި އިއްޒަތު ހަސަން ބުނެފި އެވެ.
އއ. ނިކަ ރިސޯޓްގައި ވަޒީފާ އަދާކުރާ އިއްޒަތު ބުނީ ކަނާތުގައި ދަތް އެޅީ ޓޫރިސްޓުންނާ އެކު އިއްޔެ ފަތިހު މަހަށް ގޮސް އުޅެނިކޮށް ބޭނުނު ހަތަރު ވަރަކަށް ފޫޓުގެ މިޔަރެއް ކަމަށެވެ. ހިބަރާއި ކުރުމަސް ބާނަން ކުރި މަސް ދަތުރުގައި މިޔަރެއް ބޭނުނީ އެހެން މީހަކު އެއްލި ނަނެއްގަ އެވެ.
މަސްވެރިކަމުގެ ތަޖުރިބާ ނެތް އިއްޒަތު ބުނީ ބުޅި ނައްޓަން އުޅުނީ މިޔަރު ބޭނި މީހާއަށް ބުޅި ނުނެއްޓޭނެ ކަމަށް ބުނުމުން ކަމަށެވެ.
"އަހަންނަކީ މަސްވެރިކަން ކުރާ މީހެއް ނޫން. އެކަމަކު އެ ބޭނި މީހާ ބުނީ އޭތީގެ ބުޅި ނައްޓުވާށޭ. އެކަމެއް ނުވާނެއޭ ނުކެރޭނެއޭ ބުނީމަ ވެސް ބުނީ ތިމަންނަ ބުނާ ގޮތަކަށް ކަންތައް ކުރީމަ ރަނގަޅުވާނެއޭ. ދެން އެ މިޔަރުގެ ކަންފަތުގައި ހިފަހައްޓާފައި ބާރުކޮށްލިތަނާ މި ދަތް އެޅީ،" ދޯނީގެ ކެޕްޓަނަކަށް ހުރި އިއްޒަތު ބުންޏެވެ.
އޭނާ ބުނީ މިޔަރު ދަތްއެޅުމާ އެކު އަތުން ލޭތައް ފައިބަން ފެށި ކަމަށާއި ފުރަތަމަ ފަރުވާ ހޯދީ ރިސޯޓުގެ ކްލިނިކުން ކަމަށެވެ. އިތުރު ފަރުވާއަށް މާލެ އައީ އިއްޔެ މެންދުރު ކަމަށެވެ. އިއްޒަތު ބުނީ ރޭގެ ވަގުތެއްގައި އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްކުރި ކަމަށާއި މިހާރު ވެސް ތަދުވާ ކަމަށެވެ.
އޮޕަރޭޝަން ކުރިއިރު، ޒަހަމްވި ތަނުން ބައެއް މަސްތައް މަދުވާ ކަމަށާއި އެހެންވެ ފަހުން އެހެން އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އިއްޒަތު ބުންޏެވެ.
"ރޭ މި ފެހީ މިވަގުތަށް ފެހެން ހުރި ތަންތަން. އެހެންވެ ފަހުން ކުރަން ނިންމީ. ފަހުން ކުރާއިރު، ރޭ އޮޕަރޭޝަން ކުރިތަން އިންފެކްޓް ވެއްޖެ ނަމަ މުޅި އަތުގެ ބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭނެ ކަމަށް ޑޮކްޓަރުން ބުނީ،" އިއްޒަތު ބުންޏެވެ.
ހޮސްޕިޓަލުގައި ބާއްވައިގެން އިއްޒަތަށް ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިޔަރެއް ދިން ހަމަލާގައި ޒަހަމްވި މީހާ ލަންކާ އަށް
މިޔަރުގެ ހަމަލައެއްގައި ދިވެއްސަކު ޒަޚަމްވެއްޖެ
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
ބިއްލޫރި ޝީޓުތަކުން ޒަހަމްވި އެކަކު މާލެ އަށް
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ
އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު ވެންޓިލޭޓަރުގައި
ލޭނުގައި ޖެހި މަރުވާ މިޔަރު ބޭރުކުރުމުގެ ހުއްދަކުރަނީ
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް: ޕޮލިސް
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސްޓޭބަލް
މިޔަރު ބޭނުމުން ލިބޭނެ ގެއްލުން މާ ބޮޑު: ޖަމިއްޔާތައް